ސަރުކާރުގެ ދަރަނި ދެއްކުމަށް މަޖިލީހުގެ އިރުޝާދާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފި

ސަރުކާރުގެ ދަރަނި އަނބުރާ ދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ އިރުޝާދާ އެއްގޮތަށް ދަރަނި އަދާކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފި އެވެ. މި ގަރާރު ހުށަހަޅުއްވާފައި ވަނީ މ...

14 Feb 2023 | 07:17

ސަރުކާރުގެ ދަރަނި އަނބުރާ ދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ އިރުޝާދާ އެއްގޮތަށް ދަރަނި އަދާކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ ނައިބު ރައީސާ އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله  އެވެ.

މި ގަރާރުގައި ބުނާގޮތުން ދައުލަތުން ނަގާފައިވާ ދަރަނިތައް ދެއްކުމުގައި ރައްޔިތުންގެ މަޖިލީހުން ހުށައަޅާފައިވާ ކަންތައްތަކާއި އެއްގޮތަށް ދަރަނި ދެއްކުމަށް ވަނީ ގޮވާލާފަ އެވެ.

އެގޮތުން ދައުލަތުގެ ދަރަނި ރީސްޓްރަކްޗާކޮށް ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށައެޅުންތަކުގައިވާ ކަންކަން ކުރުމަށް މި ގަރާރުގައި ގޮވާލާފައި ވެއެވެ.

އަދި ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި ދިވެހި ދައުލަތުން ގިނަ އަދަދެއްގެ ދަރަނި ނަގާފައިވާކަން ފާހަގަކުރައްވަމުން އެދަރަނިތައް ރީސްޓްރަކްޗާކޮށް ދައުލަތުން ދަރަނި އަނބުރާ ދެއްކުމާއި ގުޅޭގޮތުން މަޖިލީހުން ފާސްކޮށްފައިވާ ހުށައެޅުންތަކާއި އެއްގޮތަށް އަމަލުކުރުމަށް ވަނީ މި ގަރާރުގައި ގޮވާލާފައެވެ.

ކުރީގެ ރައީސް  އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ މެންބަރުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ދަރަނިތައް ގިނަ ކަމަށް ބުނެ މިސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

ހަމަ އެހެންމެ ދައުލަތުގެ ޚަރަދު އިންތިހާއަށް ބޮޑުވަމުންދާއިރު، ސިޔާސީ މަގާމުތަކަށް ބޮޑު ހޭދައެއް ކުރާ ކަމަށް ބުނެ އެ މެންބަރުން ދަނީ ތުހުމަތު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް