މައިންބަފައިންގެ މެދުގައި އޮންނަ ގުޅުން ގޯސްނަމަ ދަރިންނަށް އެކަމުގެ ނުބައި އަސަރު ކުރޭ - ދިރާސާ

މަންމައާއި ބައްޕައާއި ދެމެދު އޮންނަ ގުޅުން ގޯސްނަމަ ދަރިންނަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާކަމަށް ހޯދުންތަކުން ދައްކައިފިއެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަ...

14 Feb 2023 | 07:17

މަންމައާއި ބައްޕައާއި ދެމެދު އޮންނަ ގުޅުން ގޯސްނަމަ ދަރިންނަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާކަމަށް ހޯދުންތަކުން ދައްކައިފިއެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަން ޖެހޭ އަދި އަދާކުރާ ބަޔަކީ އެ ކުދިންގެ މައިންބަފައިންނެވެ. ދަރިޔަކު ލިބޭ ހިސާބުން ފެށިގެން އެ ދަރިންގެ ހުރިހާ ޒިންމާއެއް ބޮލުގައި އެޅިފައިވާ ބަޔަކީ މައިންބަފައިންނެވެ. އެދަރިންނަށް ކިޔަވައިދީ އިސްލާމީ ތަރުބިއްޔަތު ދީ އަންނަން އޮތް ޖީލަށް އެ ދަރިންތައްޔާރު ކުރުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މައިންބަފައިންގެ މެދުގައި އޮން ގުޅުން ގޯސްވެ އެ ދެމެދުގައި އަރައިރުން ވުމާއު ތަޅާފޮޅުން އޮންނަނަމަ ގިނަ ފަހަރަށް ކުދިން ހާސްވެ ކަންބޮޑުވެއެވެ. މިހެން ކަމުން އެކުދިންގެ ކިބައިން ބިރުވެރިކަމާއި، ރުޅިވެރިކަމާއި، ހާސްކަމާއި، ހިތާމަފެނެއެވެ.

މިކަމުގެ ސަބަބުން ކުއްޖާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ވަރަށް ބޮޑަށް އަސަރުކުރެއެވެ. މީގެ އިތުރުން ސިއްހީ މައްސަލަތަކާއި، ނިދުމަށް އުނދަގޫވުމާއި، ތައުލީމީ ދާއިރާއަށް މައްސަލަތައް ދިމާވުމުގެ ނުރައްކާ ބޮޑުވެއެވެ. އަދި ކުއްޖާއަށް ޑިޕްރެޝަން، ހާސްކަން، ޑިސްފޯރިއާ އަދި ވިތުޑްރަވަލް ފަދަ ކަންކަން ކުރިމަތިވުން ފަސޭހަވެއެވެ.

ދިރާސާގައި ވާގޮތުން ކުއްޖާއަށް ބަދަލުތައް އަންނަން ފަށަނީ މައިންބަފައިންގެ މެދުގައި އޮންނަ ގުޅުން ގޯސްކަން އެކުއްޖާއަށް އެނގޭ ހިސާބުންނެވެ. މި ހިސާބުން ކުއްޖާއަށް އާދަޔާއި ޚިލާފު މާޔޫސްކަމެއް ވެރިވާ ކަމަށާއި އަދި އެކަމުގެ ނުބައި އަސަރުން ކުއްޖާ ޖަޒުބާތުގައި ޖެހޭކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މި ދިރާސާގައި ބުނާ ގޮތުން ކުއްޖާ ކިޔެވުމަށް ހުރަސް އެޅި މާގިނައިން ކެއުމާއި ގޭމް ކުޅުމާއި މިހެން ގޮސް ކިޔެވުމުން ދުރު ކަންކަމަށް ކުއްޖާ ގޮސް ހުސްވަނީ މި ސަބަބުތަކާއި ހެދިއެވެ. އެންމެ ފަހުން މައިންބަފައިންނާ މުއާމަލާތް ނުކުރެވޭ ކަމުގެ އިހުސާސް ކުރެވޭތީ، ރުޅިގަދަވުމާއި، ގަބުވެފައި ހުރުމާއި، ކިޔެވުމުގެ ޝައުގުވެރިކަން ގެއްލުމާއި، މާރާމާރީ ހިންގުން ފަދަ ކަންކަން ދަރިންގެ ކިބައިން ފެންނަން ފަށައެވެ.

މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން މިކަމުގެ ވަރަށް ރަނގަޅު މިސާލެއް ފިލްމު އުފެއްދުންތެރިޔާ ނޯއާ ބައުމްބަކް ޑައިރެކްޓްކޮށްފައިވާ ދާދި ފަހުން ރިލީޒްކުރި ފީނޯމަނަލް ފިލްމު މެރިއޭޖް ސްޓޯރީން ފެނިގެންދެއެވެ. މި ފިލްމުން ވަރަށް ރަނގަޅަށް މި މަންޒަރުތައް ދައްކުވައިދީފައިވެއެވެ.

މައިންބަފައިންގެ މެދުގައި އޮންނަ ގުޅުން ގޯސްވެ ދެމީހުން ވަރިވުވުމުން ދެން އެ ދެމީހުންގެ ދަރިންނަށް ވެގެން ދިއަ ގޮތް މި ފިލްމުން ވަރަށް ރަނގަޅަށް ދައްކައިދީފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް