ޖަޕާނު އަންހެނަކު މާލެތެރޭގައި ސަލާން ޖަހަނީ !

ޖަޕާނަށް ނިސްބަތްވާކަމަށް ބެލެވޭ އަންހެނަކު މާލެތެރޭގައި ސަލާން ޖަހަމުން އަންނަކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި ގަދަވެއްޖެއެވެ. މިކަން އާންމުންގެ ސަމާލުކަމަށް ގެނައި އެކަކު ޓްވިޓާގައި ބުނެފައިވަނީ އެ...

14 Feb 2023 | 05:38

ޖަޕާނަށް ނިސްބަތްވާކަމަށް ބެލެވޭ އަންހެނަކު މާލެތެރޭގައި ސަލާން ޖަހަމުން އަންނަކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި ގަދަވެއްޖެއެވެ.

މިކަން އާންމުންގެ ސަމާލުކަމަށް ގެނައި އެކަކު ޓްވިޓާގައި ބުނެފައިވަނީ އެ އަންހެން މީހާ ފާރިސް ކިޔާ މީހަކާ އިނދެގެން އުޅޭތާ 13 އަހަރު ވެއްޖެކަމަށް ބުނާ ކަމަށާއި އަދި ވަރިކޮށް ގެއިން ނެރެފައި ހުންނާތީއާއި ނުކައި ނުބޮއި ހުންނާތީ ސަލާން ޖަހަނީކަމަށް ބުނާކަމަށް ބުނެފައިވެއެވެ.

ބައެއް ފޮޓޯތަކާއެކު އިތުރަށް ބުނައިވަނީ ގިނައިން އޭނާ ފައިސާއަށް އެދެނީ އެކަނި ދިމާވާ ފިރިހެނުން ކުރެން ކަމަށާއި ހެނދުނު ހެނދުނާ އެކަމަށް ނިކުންނަ ގޮތަށް ރޭގަނޑު ވަރަށް ލަސްވަންދެން އެކަމުގައި އުޅޭ ކަމަށެވެ.

https://twitter.com/Addey_33/status/1625187115142356993?t=6AD-lkgdDWKsy8iueeOv9w&s=35

"މިއީ ކިހިނެއް ކޮންތާކުން އައިސްގެން އުޅޭ މީހެއްތޯ ބަލާ، އޭނާ ގައުމަށް އަނބުރާ ފޮނުވާލައިދޭންވީނު" ޓްވިޓާގައި އައްޑޭ ކިޔާ މީހަކު ބުނެފައިވެއެވެ.

އައްޑޭގެ މި ޓްވީޓަށް ހިޔާލު ފާޅުކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ އަންހެން މީހާ ސަލާން ޖަހަނީ މަސްތުވާންކަމުގައި ގަބޫލުކުރެވޭ ކަމަށާއި އެ އަންހެން މީހާވެސް އަދި އެ އަންހެން މީހާ ގެންގުޅޭ ފިރިހެން މީހާވެސް މަސްތަށް ގޮސްފައިވާކަމުގެ މައުލޫމާތު ލިބި އެފަދަ ބައެއް މަންޒަރުތައްވެސް ފެންނަކަމަށް ހިޔާލު ފާޅުކޮށްފައިވާ ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

މީގެ އިތުރުން އިތުރު ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ އަންހެން މީހާ އެކި ފަހަރު ދައްކަނީ އެކި ވާހަކަ ކަމަށާއި ފިރިމީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާތީ އެހީ ހޯދަން އެއްފަހަރު އުޅޭއިރު އަނެއް ފަހަރު ދައްކަނީ ރާއްޖޭގެ ކުންފުންޏަކުން ލަނޑު ދިނީ ކަމުގެ ވާހަކަ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އަންހެން މީހާ އެގޮތަށް މާލެތެރޭގައި އުޅޭތާ އެތައް މަހެއް ވެފައިވާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ބޭރު އަންހެނަކު މިގޮތަށް މާލެތެރޭގައި ސަލާން ޖަހަމުން އަންނައިރު މާލޭގައި މިގޮތަށް ސަލާން ޖަހާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ހާއްސަކޮށް ބޮޑެތި ފިހާރަތަކުގެ ކައިރީގައި ސަލާންޖަހަން ތިބޭ މީހުން ގިނަކަން ފާހަގަވަމުންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް