ލ. ބޮޑުފިނޮޅު ބަދަލު ދިނުމަށް ފަހު އަތުލަން ޖެހޭ ހިސާބަށް ގޮސްފި: މިނިސްޓަރު

ލ. ބޮޑުފިނޮޅު ބޮޑު ބަދަލެއް ދިނުމަށް ފަހު ނަމަވެސް އަތުލަން ޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހު...

14 Feb 2023 | 05:30

ލ. ބޮޑުފިނޮޅު ބޮޑު ބަދަލެއް ދިނުމަށް ފަހު ނަމަވެސް އަތުލަން ޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވިޝާމް (ސަމްޕަތު) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޓޫރިޒަމް ޔުނިވާސިޓީއެއް ނުވަތަ ކޮލެޖެއް ގޮތުގައި ބޮޑުފިނޮޅު ތަރައްގީ ކުރުމަށް ހަވާލުކޮށްފައި ވަނީ ޕްރިމިއާ އެކްޓިވިޓީ ޕްރައިވެޓް ލިމިޓެޑާއި އެވެ. އޭގެ ފަހުން މިހާރު15 ވަރަކަށް އަހަރު ވެފައިވާއިރު އަދިވެސް އެ މަސައްކަތް އެ ރަށުގައި ނުފަށައެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ އެ ބިންތަކުގެ "ވޭކަންޓް ޕޮޒިޝަން" ނުލިބުނު ކަމަށް ބުނެ ތަރައްގީ ނުކުރެވޭ މައްސަލަ އޮތީ ކޯޓުގައި ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކޯޓުން ބޭރުން މައްސަލަ ނިންމައި ބިން އަނބުރާ ހޯދުމަށް ކަމަށް ވިދާޅުވި އެވެ.

އެކަމުގައި ދިމާވަމުންދާ މައްސަލަ އަކީ ޕްރިމިއާ އެކްޓިވިޓީ ކުންފުނިން ބަދަލުގެ ގޮތުގައި ބޭނުންވާ އަދަދާއި ސަރުކާރުން ހުށަހަޅާ އަގަށް އެއްބަސް ނުވެވުން ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ. ބަދަލުގެ ގޮތުގައި އެ ކުންފުނިން ދަނީ2.7 މިލިއަން ޑޮލަރު ދިނުމަށް އެދެމުންނެވެ.

އަދަދު ބޮޑުކަމުގައި ވިޔަސް ރަށް ނުހެދި ދިގުލައިދާ މައްސަލައިގަ ދޭން ޖެހޭ ބަދަލެއް ދީގެންވެސް ރަށް އަތުލާ ހިސާބަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

ބޮޑުފިނޮޅު ތަރައްގީ ކުރުމުގެ މަޝްރޫއު ޕްރެމިއާ އެކްޓިވިޓީ ކުންފުންޏާ ހަވާލު ކޮށްފައިވަނީ 25 އަހަރުގެ މުއްދަތަކަށެވެ. އެ ރަށުގެ 4.6 ހެކްޓަރު ބިން ތަރައްގީ ކުރަން އޮތީ ހަމަޖެހިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް