ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖޭއެސްސީން ނިންމައިފި

ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ތަހުގީގު ކުރި ރާއްޖޭގެ ތިން ކޯޓެއްގެ ތިން ފަނޑިޔަރާކާއި ގުޅޭ ސުލޫކީ މައްސަލަތައް ސާބިތު ނުވާ ކަމަށް ނިންމައިފިއެވެ. ޖޭއެސްސީން މިއަދު ބުނީ ހައިކޯޓުގެ ފަނޑިޔާރު ...

14 Feb 2023 | 05:21

ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ތަހުގީގު ކުރި ރާއްޖޭގެ ތިން ކޯޓެއްގެ ތިން ފަނޑިޔަރާކާއި ގުޅޭ ސުލޫކީ މައްސަލަތައް ސާބިތު ނުވާ ކަމަށް ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުގެ ސުލޫކީ ދެމައްސަލައާއި، ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޞަފްޢަތު ޙަބީބުގެ ސުލޫކީ މައްސަލައިގެ އިތުރުން، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ މަރްޔަމް ވަޙީދުގެ ސުލޫކީ މައްސަލަ، ސާބިތު ނުވާ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލަތައް ސާބިތު ނުވާކަމަށް 2023 ފެބްރުއަރީ 12 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 12 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައި ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް