މި ވެރިކަމުގައި ގެނެސް އޮަޕަރޭޝަނަށް ނެރުނު ބޯޓާއެކު މިފްކޯއަށް ރެކޯޑް އަދަދަކަށް މަސް ގަތް ތާރީހީ ދުވަހެއް

މިއަދަކީ މި ވެރިކަމުގައި އެންމެ ފަހުން މިފްކޯއަށް ގެނެވުނު ބޯޓަށް ރެކޯޑް އަދަދަކަށް މަސް ގަތް ދުވަހެއް މިފްކޯގެ ތާރީހުގައި މިއަދު ވެގެން މިދިޔައީ ބޮޑު ދުވަހަކަށެވެ. އެގޮތުން މިއަދު މިވަނީ މިފްކޯގެ ބޯޓ...

14 Feb 2022 | 18:30

މިއަދަކީ މި ވެރިކަމުގައި އެންމެ ފަހުން މިފްކޯއަށް ގެނެވުނު ބޯޓަށް ރެކޯޑް އަދަދަކަށް މަސް ގަތް ދުވަހެއް

މިފްކޯގެ ތާރީހުގައި މިއަދު ވެގެން މިދިޔައީ ބޮޑު ދުވަހަކަށެވެ. އެގޮތުން މިއަދު މިވަނީ މިފްކޯގެ ބޯޓަކަށް އެއް ދުވަހެއްގައި އެންމެ ގިނަ މަސް ގަތް ރެކޯޑް ގާއިމްކޮށްފައެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފެލިވަރުގެ ރީޖަނަލް މެނޭޖަރ މުހައްމަދު އިބްރާހިމް ވިދާޅުވީ މިފްކޯގެ ފްލީޓަށް އަލަށް އިތުރުކުރެވިގެންދިޔަ "ޖަޒީރާ -102" އަށް މިއަދު 155.572 މެޓްރިކް ޓަނުގެ މަސް ގަނެފައިވާކަމަށެވެ. މިއީ މިފްކޯގެ ތާރީހުގައި ރެކޯޑް އަދަދެއްކަމުގައި އޭނާ ވިދާޅުވިއެވެ. މި އަދަދަށް އެ ބޯޓަށް މަސް ގަނެފައިވަނީ ތިނަދޫ ބަނދަރުންނެވެ.

"ޖަޒީރާ 102" ބޯޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2021 ވަނައަހަރު ގެނައި ބޯޓެކެވެ. އެއްކޮށް އޮޕަރޭޝަނަލް ކުރެވޭ ވަރަށް އެކުގައި ރެޑީ ނުވިނަމަވެސް މި ބޯޓު އޮޕަރޭޝަނަށް ނެރުނީ މަސްވެރިކަން މުޅިރާއްޖެއަށް ރަނގަޅުވުމުން މަސްވެރިންނަށް ދަތި ނުވާނޭހެން ކަންކަން ކުރިއަށް ގެންދިއުމަށް ކަމުގައި މިފްކޯއިން ބުނެއެވެ. މި ބޯޓަކީ 150 ޓަނު މަސް ފިނިކުރެވޭ 350 ޓަނު ސްޓޯރޭޖް ކެޕެސިޓީގެ ބޯޓެކެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް