ކޮވިޑު ހާލަތު ބޮޑުތަނުން ރަނގަޅުވެއްޖެ – ހާއްސަ ގޮތެއްގައި މާލޭ ސަރަހައްދުގައި

މީގެ ހަފްތާއެއްހާ ދުވަސް ކުރިއަށް ބަލާލާއިރު ކޮވިޑަށް ޕޮޒިޓިވް ވަމުންދިޔަ މީހުންގެ އަދަދު އަޕް ޓްރެންޑެއްގައި ހުރި ނަމަވެސް މިހާރު ހާލަތު ބޮޑުތަނުން ރަނގަޅުވަމުން އަންނަ ކަމަށް އެބަ ދައްކައެވެ. އެގޮތު...

14 Feb 2022 | 17:20

މީގެ ހަފްތާއެއްހާ ދުވަސް ކުރިއަށް ބަލާލާއިރު ކޮވިޑަށް ޕޮޒިޓިވް ވަމުންދިޔަ މީހުންގެ އަދަދު އަޕް ޓްރެންޑެއްގައި ހުރި ނަމަވެސް މިހާރު ހާލަތު ބޮޑުތަނުން ރަނގަޅުވަމުން އަންނަ ކަމަށް އެބަ ދައްކައެވެ.

އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 1015 މީހުންނެވެ. މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވަނީ 182 މީހެކެވެ. 728 މީހަކު ޕޮޒިޓިވް ވެފައިވަނީ ރަށްތަކުންނެވެ.

ހާލަތު ރަނގަޅުވަމުން އަންނަކަމަށް ފެންނަ އަނެއް އިންޑިކޭޓަރަކީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު ބޮޑުތަނުން ދަށްވުމެވެ.

އެގޮތުން ފާއިތުވި ހަފްތާގެ ހޯމަދުވަހު، އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހުންގެ އަދަދަކީ 60 އެވެ. މިއަދު އެ އަދަދު މިވަނީ 29 އަށް ދަށްވެފައެވެ. މިއީ ހަފްތާއަކުން 50 އިންސައްތައިގެ ދަށްވުމެކެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ އެއް ލައްކަ 60 ހާހުން މައްޗަށް ގޮސްފައެވެ. ރަނގަޅުވި މީހުންގެ އަދަދު އެއް ލައްކާ 43 ހާހުން މަތީގައި އުޅޭއިރު މި ބަލީގައި ރާއްޖެއިން 289 މީހަކު ވަނީ ދުނިޔެ ދޫކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް