ހިޔާ ފްލެޓު ސެކިއުރިޓީ ބަލަހައްޓާ އަންހެނަކަށް ވަޅިން ހަމަލާދީފި

ހިޔާ ފްލެޓުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި މަސައްކަތް ކުރާ އަންހެނަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ. ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓު ކުރީ މިއަދު މެންދުރު1:35 ގައި ކަމަށެވެ. އެ ހާދިސާގައ...

14 Feb 2022 | 14:48

ހިޔާ ފްލެޓުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި މަސައްކަތް ކުރާ އަންހެނަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓު ކުރީ މިއަދު މެންދުރު1:35 ގައި ކަމަށެވެ. އެ ހާދިސާގައި އަނިޔާވެފައިވަނީ ދިވެހި އަންހެނަކަށެވެ.

ވަޅިން ހަމަލާދީ އެމީހާގެ އަތް ވަނީ ކަފާލާފައި އެވެ. އެމީހާ ބުނީ ހަމަލާދީފައިވަނީ ހިޔަ ޓަވަރުތައް ސަރަހައްދުން ފެންނަ މީހެއް ނޫން ކަމަށެވެ.

މި ހަމަލާ ދިން މައްސަލައިގަ މިހާތަނަށް ފުލުހުން މީހަކު ހައްޔަރެއް ނުކުރެ އެވެ. އެ އިދާރާއިން ބުނީ މައްސަލަ ބަލަމުންދާ ކަމަށެވެ.

ހިޔާ ފްލެޓުތަކުގެ ސެކިއުރިޓި ބެލެހެެއްޓުން އެޗްޑީސީން ހަވާލުކޮށްފައިވަނީ ވަށި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އެވެ. އެ ކުންފުނިން ސެކިއުރިޓީންގެ ގޮތުގައި އަންހެނުންނާއި ފިރިހެނުން އުޅެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް