ހުޅުމާލޭގައި މޭރީބްރައުންގެ އައުޓްލެޓެއް ހުޅުވައިފި އެވެ.
މިއަދު ރަސްމީކޮސް މި ރެސްޓޯރެންޓު ހުޅުވައިދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. މެރީ ބްރައުން ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޑަކުދިންނަށް ފޭސް ޕެއިންޓު ކުރުމާއި ގިވް އަވޭތައް ދީފައި ވެއެވެ. އަދި ލައިވް މިއުޒިކް ވެސް ކުރިއަށް ގެންދިޔައެވެ.
މިތަން ހުޅުވާފައިވަނީ ވޯޓާސް އެޖުގައި އެވެ. ވޯޓާސް އެޖަކީ ހުރަވަޅި ބީޗް ރިސޯޓް އިންވެސްޓްމެންޓުން ހަދާފައިވާ ވޯޓާ ފްރަންޓް ކޮމާޝަލް ކޮމްޕްލެކްސްއެކެވެ.
މޭރީބްރައުންގެ އިތުރުން ވޯޓާސް އެޖުގައި ގިނަ އައުޓްލެޓްތަކެއް ހުޅުވުމަށް ހަމަޖެހިފައި ވެއެވެ. އޭގެތެރޭގައި ސީކްރެޓް ރެސިޕީއާއި ޕިއްޒާ މިއާ އަދި ކޮފީ ރިޕަބްލިކްގެ އައުޓްލެޓު ހިމެނެ އެވެ.
މިހާތަނަށް މާލޭގައި ހުރި މަޝްހޫރު ގިނަ ރެސްޓޯރެންޓުތަކާއި ކެފޭތަކުގެ އައުޓްލެޓްތައް ބްރިޖުން ހުޅުމާލެ ގުޅާލުމުން ހުޅުމަލޭގައި ދަނީ ހުޅުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް