ގަމު ރީޖަނަލް ހޮސްޕިޓަލުން ސިޒޭރިއަންހެދި މީހެއްގެ ހާލު ދެރަވެ މާލެ ގެނެސް އައިސީޔޫގައި ފަރުވާދެމުން އަންނައިރު އެކަމާއި ގުޅޭގޮތުން ގަމު ރީޖަނަލް ހޮސްޕިޓަލުން ނޫސްބަޔާނެއް ނެރެފިއެވެ.
މިއަދު ނެރެފައިވާ އެ ނޫސްބަޔާނުގައި ބުނެފައިވަނީ މި ހާދިސާ ހިނގި ދުވަހުންފެށިގެން، ކަންހިނގާދިޔަގޮތް އެ ހޮސްޕިޓަލުން ބަލަމުން އަންނަ ކަމަށެވެ. ހެލްތު މިނިސްޓްރީންވެސް އެކަން ބަލަމުން އަންނަ ކަމަށެވެ.
"އެއްވެސް ފަރާތެއްގެ އިހުމާލެއްވާނަަމަ އެ ފަރާތަކާމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެވާހަކަ ދަންނަވަން" އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މައްސަލަ ބެލުމަށްފަހު އާންމުކުރަންޖެެހޭ މައުލޫމާތު އާންމުކުރާނެ ކަމަށާއި ފާހަގަކުރެވޭކަމެއްވާނަަމަ އެކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެ ހޮސްޕިޓަލުން އަޅާނޭ ކަމަށެވެ.
އެހޮސްޕިޓަލުން މިކަން ހާމަކޮށްފައިވާއިރު މި މައްސަލަ ބަލައިދޭން، ހާލުދެރަވި އަންހެން މީހާގެ އާއިލާގެ ފަރާތުން ހެލްތު މިނިސްޓްރީގައި ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް