ކޮރަލްވިލް ފްލެޓަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ކޮރަލްވިލް ފްލެޓަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނުކޮށްފިއެވެ. ދިވެހި ފުލުހުންގެ ވެބްސައިޓުގައި އެމީހާ ފްލެޓުން ނިކުމެގެންދާ މަންޒަރުގެ ވީޑިއޯ ފުޓޭޖް ހިއްސާކޮށް ފުލުހ...

14 Feb 2022 | 11:16

ކޮރަލްވިލް ފްލެޓަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ވެބްސައިޓުގައި އެމީހާ ފްލެޓުން ނިކުމެގެންދާ މަންޒަރުގެ ވީޑިއޯ ފުޓޭޖް ހިއްސާކޮށް ފުލުހުން ބުނީ ވީޑިއޯ އެމީހާ އަކީ މި މަހުގެ 10 ވަނަަ ދުވަހު ހުޅުމާލެ ކޮރަލްވިލް 5 އިން ވައްކަންކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ މީހެއް ކަމުގައެވެ.

އަދި އެ މައްސަލައިގެ ތަހުގީގަށް ހޯދަން ބޭނުންވެ، މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާ މީހެއް ކަމުގައެވެ.

އެހެންކަމުން އޭނާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހުޅުމާލެ ޕޮލިސް ސްޓޭޝަަން ގެ ނަންބަރު  9980062 އަށް ރިޕޯޓު ކުރުމަށް އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް