ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން މިދިޔަ ހަފްތާގައި ސިޒޭރިއަން ހެދި މީހާގެ ހާލު ސީރިޔަސްވެ، އެކަމުގައި އެ ހޮސްޕިޓަލުގެ އިހުމާލެއް އޮތް ކަމަށް ޤަބޫލު ކުރެވޭތީ އެކަން ބަލައިދިނުމަށް އެމީހާގެ އާއިލާއިން ހެލްތު މިނިސްޓްރީގައި އެދިއްޖެއެވެ.
އެ އާއިލާއިން ވާހަކަ ދެއްކި މީހަކު ރާއްޖޭގެ އޮންލައިން މީޑިއާ އަކަށް މައުލޫމާތު ދެމުން ބުނީ، އަންހެން މީހާގެ ހާލު ދެރަވި މައްސަލައިގައި ގަން ރީޖަނަލް ހޮސްޕިޓަލުގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ.
އެހެންކަމުން އެކަން ހިނގާފައިވާ ގޮތެއް ތަހުގީގުކޮށްދިނުމަށް އެދި އިއްޔެ ހެލްތު މިނިސްޓްރީއަށް ސިޓީއެއް ހުށަހަޅާފައިވާނެ ކަމަށެވެ.
މީގެ އިތުރުން މި މައްސަލަ ބަލައި ދިނުމަށް ހުށަހަޅާފައި ވީނަމަވެސް އެކަމަށް އިންސާފެއް ލިބޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށް ހާމަކޮށްފައިވެއެވެ.
އާއިލާ އިން ވާހަކަ ދެއްކި މީހާ އިތުރަށް ބުނީ ސިޒޭރިއަން ހެދި މީހާގެ ހާލު ސީރިއަސްވީ ސިޒޭރިއަނަށް ފަހު ބަންދުކުރިއިރު ޕްރެޝަރު މަތިވެގެން ލޭ ލީކްވުމުން ކަމަށް ބެލެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް