ސިފައިންގެ ޓްރެއިނިން ސެންޓަރުގެ ފޭސް އެކެއްގެ އެނެކްސް މާފިލާފުށީގައި ހުޅުވައިފި

އިންޑިއާގެ އެހީގައި ގާއިމްކޮށްފައިވާ ކޮމްޕޮޒިޓް ޓްރެއިނިން ސެންޓާ ފޭސް-1 ގެ އެނެކްސް ޅ.މާފިލާފުށީގައި  ހުޅުވައިފިއެވެ. މިތަން ހުޅުވާދެއްވީ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރުއެވެ. 2014 ވަނަ އަހ...

14 Feb 2022 | 11:14

އިންޑިއާގެ އެހީގައި ގާއިމްކޮށްފައިވާ ކޮމްޕޮޒިޓް ޓްރެއިނިން ސެންޓާ ފޭސް-1 ގެ އެނެކްސް ޅ.މާފިލާފުށީގައި  ހުޅުވައިފިއެވެ.

މިތަން ހުޅުވާދެއްވީ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރުއެވެ.

2014 ވަނަ އަހަރު ގައި އެމްއެންޑީއެފް ކޮމްޕޮޒިޓް ޓްރެއިނިން ސެންޓާ ފޭސް-1 ގެ ކޮންޓްރެކްޓުގައި ސޮއިކުރެވި ޓްރެއިނިން ބިލްޑިން، އެޑްމިން ބިލްޑިންގ، ބެރެކްސް، ހެލްތު ޕޯސްޓް، ރެކްރިއޭޝަން ހޯލް، ފެނާއި ނަރުދަމާ އަދި ޕަމްޕު ސްޓޭޝަން، ކޮމިއުނިކޭޝަން ނެޓްވޯރކް، ފަޔަރިން ރޭންޖް، ފަޔަރިން ޝެޑް އަދި އަދި އޮބްސްޓިކަލް ބެލްޓު ނިންމާލެވިފައިވާ ކަމަށް ޑިފެންސުން ވިދާޅުވިއެވެ.

ހަމަ އެއާއެކު 2019 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިފްތިތާހު ކޮށްދެއްވައިފައިވާ ޓްރެއިނިން ސެންޓާގެ ފޭސް އެކެއްގައި އިތުރު ކުރެވުނު އެނެކްސްގެ ދަށުން އިންސްޓްރަކްޓަރ ބެރެކްސް، ރެކްރިއޭޝަން ހޯލް، އެކަމަޑޭޝަން ބްލޮކް، ޓޮއިލެޓް ބްލޮކް، ވޯޓަާ ޓޭންކް ޓަވަރާއެކު އަދި މެސް ހޯލަށް ބައެއް އިތުރު ކުރެވިފައިވެއެވެ.

މިއަދު ހުޅުވިގެން ގޮސްފައި ވަނީ ފޭސް-01 އަށް އިތުރުކުރި އެނެކްސްގެ ދަށުން އިމާރާތް ކުރި ބައިތަކެވެ. މިހާރުވެސް ޓްރެއިނިން ސެންޓަރު ގައި އެއްފަހަރާ 400 މީހުން ތަމްރީނު ކުރުމުގެ

ގާބިލްކަން ފޭސް އެކެއްގެ އެނެކްސް އާއެކު ލިބިފައިވެއެވެ. ކޮމްޕޮޒިޓް ޓްރެއިނިން ސެންޓަ މުޅިން ނިމުމުން އެތަން ވެގެންދާނީ ސިފައިންގެ ތަމްރީނުތައް ހިންގާ މައިމަރުކަޒުގެ ގޮތުގައި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް