ހއ. އިހަވަންދޫ ގެއެއްގެ މަސް ފެންގަނޑަކަށް ގެއްލުންދީ ގިނަ އަދަދެއްގެ މަސް މަރާލައިފި އެވެ.
އެ ރަށުގައި ހިންގާ އޮންލައިން ނޫހެއް ކަމަށްވާ އިވަންދޫ ޑޮޓްކޮމްގައި ރިޕޯޓުކޮށްފައިވާ ގޮތުން އެ ރަށު ސަމާ މަންޒިލްގޭގައި އޮތް މަސްފެންގަނޑަށް ގެއްލުންދީފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ބުނެފައި ވެއެވެ.
އެ ނޫހަށް އެ ގެއިން މައުލޫމާތު ދިންފަރާތުން ބުނެފައިވަނީ މަސްތައް މަރުވެފައިވާ ކަމަށް ބެލެވެނީ މަސްފެންގަނޑަށް ގުޅާފައި ހުރި ވޭވު މޭކަރ އާއި ފިލްޓަރ އަދި އޮކްސިޖަން ޕަންޕުގެ ކޭބަލްތައް ކަނޑާލުމުގެ ސަބަބުން އޮކިސަޖަން ނުލިބިގެން ކަމަށެވެ.
އެގޮތުން މަސްފެންގަނޑަށް އޮކުސިޖަން ފޯރުކޮށްދިނުމަށާއި ފެންގަޑު ސާފުކުރުމަށް ގުޅާފައި ހުރި އާލާތްތަކުގެ ކޭބަލްތައް ބުރިކޮށްލާފައި ހުރިކަމަށް އެފަރާތުން އެ ނޫހަށް މަޢުލޫމާތު ދީފައި ވެެއެވެ.
މަސްފެންގަޑަށް ދިން ގެއްލުމުގެ ސަބަބުން ޖުމުލަ 67 މަސް މަރުވެފައިވާ ކަމަށް މައުލޫމާތު ދިންފަރާތުން ބުނެފައި ވެއެވެ.
މި މަސްފެންގަޑުގައި ކާޕުގެ އެކި ވެރައިޓީ ތައް ކަމަށްވާ އޭ ގުރޭޑު ކާޕު، ގިންރިން އަދި ބަނާނާ ކޮއި ވެސް ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މިފަދަ ގެއްލުމެއް ދިން ސަބަބު ނުވިސްނޭ ކަން ހާމަކުރަމުން އެފަރާތުން އިހަވަންދޫ ޑޮޓްކޮމް އަށް ބުނީ މިދިޔަ ހޮނިހިރު ދުވަހު ވެސް އެމަސްފެންގަޑުން 3 މީހަކަށް މަސް ދީފައި ވާނެ ކަމަށެވެ.
މީގެ އިތުރުން، މީގެ ކުރިންވެސް ދޭތެރެ ދޭތެރޭން މަސް ފެންގަނޑުން މަސް ވަގަށް ގެންދާކަން ފާހަގަ ކުރެވޭ ކަމަށް އެފަރާތުން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް