ރާއްޖެ އެތެރެކުރި ކުދި ފިޔަލުގެ ބާވަތެއްގައި 'ޕެސްޓިސައިޑް' ހުރުމުން އެކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ9 އިން ބަލަން ފަށައިފިއެވެ.
އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޕެސްޓިސައިޑުން ތަޣައްޔަރުވެފައިވާ އުފެއްދުމެއް ކަމުގައިވާ "ސްޓާރސް" ބްރޭންޑުގެ 'ސްރިންގް އަނިއަން' ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލަރޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް އިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.
އެންއެފްޑީއޭ އިން ބުނީ އެއީ މިސްރުގެ އުފެއްދުމެއް ކަމަށާއި މި އުފެއްދުން ހޯލްސޭލްކޮށްފައިވަނީ ނެދަރލޭންޑްސްގެ ކުންފުންޏެއް ކަމުގައިވާ ގްލޯބަލް ގްރީން ޓީމުން ކަމަށެވެ.
މި އެލަރޓާއި ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތރީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ދެނެގަތުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަކަމަށް ވެސް ބުނެފައިވެއެވެ.
އެމްއެފްޑީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްރުގެ 'ސްޓާރސް" ބްރޭންޑުގެ ސްޕްރިންގ އަނިއަން އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން ނުވިއްކުމަށް އެދޭ ކަމަށާއި ބޭނުން ނުކުރުމަށް އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް