ހުޅުދެލީގައި ކޮވިޑު ބަލި މީހަކު އުފުލީ ރަށު ޕިކަޕެއްގައި، އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ އަހަރެއް

ދ. ހުޅުދެލީގައި ކޮވިޑު ބަލި މީހަކު އުފުލަން ރަށު ޕިކަޕެއްގެ ބޭނުންކުރާ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ. މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ސިއްހީ މަރުކަޒު...

14 Feb 2022 | 08:41

ދ. ހުޅުދެލީގައި ކޮވިޑު ބަލި މީހަކު އުފުލަން ރަށު ޕިކަޕެއްގެ ބޭނުންކުރާ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ސިއްހީ މަރުކަޒު ހިންގުމާއި ހަވާލުވެ ހުންނެވި އިބްރާހިމް ރައުފް ވިދާޅުވީ އެ މަރުކަޒުގައި ބޭނުންކުރަމުން އަންނަ އެމްބިއުލާންސް ހަލާކުވިތާ އަހަރެއްހާ ދުވަސްވެފައިވާކަަމަށާއި އާ އެމްބިއުލާންސެއް ލިބޭނެކަމުގެ އިސާރާތެއް އަދި ރަސްމީ ސިފައެއްގައި ލިބިފައިނުވާކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެމްބިއުލާންސް ނެތުމުން އެ ރަށުގައި ބަލި މީހުން ސިއްހީ މަރުކަޒަށް މުޅިންވެސް އުފުލަމުން އަންނަނީ މިފަދަ ގޮތެއްގައި އަމިއްލަ މީހުންގެ ރަށު ޕިކަޕު ފަދަ ވެހިކަލް ބޭނުންކޮށްގެންނެވެ.

ހުޅުދެލި ސިއްހީ މަރުކަޒުގައި އެމްބިއުލާންސެއްނެތި އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ސަރުކާރުން އަންނަނީ ރަށް ރަށަށް އެމްބިއުލާންސް ފޮނުވަމުންނެވެ. އެމްބިއުލާންސް ފޮނުވާ ލިސްޓުގައި ހުޅުދެލި އޮތްތޯ ސާފުކޮށްލަން ވާނީ ހެލްތު މިނިސްޓްރީގައި ދަންނަވާފައެވެ. އަދި ޖަވާބެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް