ގައިގޯޅި މަންޒަރުތަކާއި ހެދި ދީޕިކާގެ “ގެހްރައިޔާން” ހިނގައިގެންނަ ގޮތެއްނުވި!

ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯންގެ ފިލްމު "ގެހްރައިޔާން"ގައި ގައިގޯޅި މަންޒަރުތައް ގިނަކަމުން މީހުން ފޫހިވެ، ފިލްމު ފްލޮޕްވާނެކަމުގެ އިޝާރާތް ވާން ފަށައިފި އެވެ. މި ފިލްމު ރިލީޒް ކުރީ މިމަހުގެ 11 ވަނ...

14 Feb 2022 | 08:30

ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯންގެ ފިލްމު "ގެހްރައިޔާން"ގައި ގައިގޯޅި މަންޒަރުތައް ގިނަކަމުން މީހުން ފޫހިވެ، ފިލްމު ފްލޮޕްވާނެކަމުގެ އިޝާރާތް ވާން ފަށައިފި އެވެ.

މި ފިލްމު ރިލީޒް ކުރީ މިމަހުގެ 11 ވަނަ ދުވަހު އެވެ. ފިލްމުގައި ދީޕިކާ އާއި އެކު ގައި ގޯޅި މަންޒަރުތައް ކުޅެފައިވަނީ ސިދާންތު ޗަތްރުވެދީ އެވެ.

ފިލްމު ރިލީޒްވުމުގެ ކުރިންވެސް މި ފިލްމަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވަމުން ދަނިކޮށް ފިލްމު ރިލީޒް ވުމާއި އެކު އެ ފިލްމާއި އެކު ބޮލީވުޑްވެސް ބޯއިކޮޓް ކުރުމަށް ގޮވާލާ އަޑުވަނީ ގަދަވާން ފަށާފަ އެވެ.

އެ ފިލްމަށް ފާޑުކިޔާ މީހުން ބުނެފައިވަނީ ފިލްމަކީ މާ ރީތި ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެއް ނޫން ކަމަށާއި ފިލްމު ބިނާކޮށްފައި އޮތީ ގައިގޯޅި މަންޒަރުތަކުން މީހުން ސަމާލުކަން ހޯދައި ފިލްމަށް އާމްދަނީ ހޯދަން ކަމަށެވެ. އަދި އެފަދަ މަންޒަރުތަކަކީ ޒުވާނުންގެ ޝައުގުވެރިކަން ހޯދަން ކޮށްފައިވާ ކަމެއްކަން އެނގޭކަން ފާހަގަކޮށް ބުނެފައިވަނީ ފިލްމެއް ކަމަށް ބުނެ ރިލީޒް ކުރީ ބަރަހަނާ ފިލްމެއް ކަމަށެވެ.

މި ފިލްމާއި މެދު ހިތް ހަމަ ޖެހިގެން ހިޔާލުފާޅު ކުރާ މީހުން ވަރަށް މަދެވެ. އެހެންވެ މިހާޜު ބެލެވެން ފަށާފައިވަނީ މި ފިލްމަކީ ދީޕިކާގެ ފޮލޮޕް ފިލްމަކަށް ވާނެ ކަމަށެވެ.

މީގެ އިތުރުން މި ފިލްމު ވެގެންދަނީ މި ފަހުން ބޮލީވުޑް ބޯއިކޮޓް ކުރަން ގޮވާލާ އަޑު ގަދަވާނެ ފިލްމަކަށެވެ. އެންމެ ފަހުން ބޮލީވުޑް ބޯއިކޮޓް ކުރަން ގޮވާލާ ވަރުގަދަ ކެމްޕެއިނެއް ކުރީ ސުޝާންތް ސިންގް ރާޖްޕުޓް އަމިއްލައަށް މަރުވި މައްސަލައިގަ ބޮލީވުޑްގެ މަޝްހޫރު ފަރާތްތަކަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެންނެވެ.

މި ފިލްމުގައި ސިދާންތާއި ދީޕިކާގެ އިތުރުން، އަނަންޔާ ޕާންޑޭ ފެނިގެންދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް