އިންތިގެ ކެމްްޕޭން މެނޭޖަރަކަށް ސާބެ

އެންޑީޕީގެ ޗެއާރޕާސަން ކަމަށް ކުރިމަތިލާފައިވާ އިމްތިޔާޒް ފަހްމީ(އިންތި)ގެ ކެންޕެއިން މެނޭޖަރަކަށް، އަހުމަދު ޝާހިދު ( ސާބެ) ހަމަޖައްސައިފިއެވެ. ސާބެ އަކީ މަޖިލިސް ގަލޮޅު އުތުރުދާއިރާގެ މެންބަރު އަދި ރ...

14 Feb 2022 | 08:15

އެންޑީޕީގެ ޗެއާރޕާސަން ކަމަށް ކުރިމަތިލާފައިވާ އިމްތިޔާޒް ފަހްމީ(އިންތި)ގެ ކެންޕެއިން މެނޭޖަރަކަށް، އަހުމަދު ޝާހިދު ( ސާބެ) ހަމަޖައްސައިފިއެވެ.

ސާބެ އަކީ މަޖިލިސް ގަލޮޅު އުތުރުދާއިރާގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ރަޢީސް އީވާ އަބްދުﷲ ގެ ފިރިކަލުންނެވެ. އިންތި ގެ ކެންޕެއިންގެ މެނޭޖަރަކީ ސާބެ ކަން އާންމުކޮށް އަންގާފައިވަނީ އިންތި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އިންތި ކުރެއްވި ޓްވީޓްގައި ވިދާޅުވަނީ މިޕާޓީގެ ކެމްޕޭން މެނޭޖުކުރުމާއި، ސިޔާސަތުތައް ކަނޑައެޅުމާއި، ސީދާ ހަރަކާތް އިންތިޒާމުކުރުމުގެ މަސައްކަތުގައި  އެންޑީޕީއަށް ބޮޑެތި ކާމިޔާބު ހޯއްދަވައިދެއްވި ތަޖުރިބާކާރު ހުނަރުވެރި ސާބެ، ކެމްޕޭން މެނޭޖަރަކަށް ވަޑައިގެންދެއްވުމަކީ ލިބުނު ވަރަށްބޮޑު ބާރެއްކަމަށެވެ.

މީގެ ކުރިން އެންޑީޕީގެ މެމްބާޝިޕް އަދި ކެންޕެއިން ކޮމިޓީގެ މެންބަރަކަށް މީގެ ކުރިން ހުންނެވި ސާބެ ވަނީ އިންތި އަށް ކެންޕެއިން ކޮށްދެއްވުމަށް އިސްތިއުފާ ދެއްވާފައެވެ.

އެންޑީޕީގެ އެތެރޭގެ އިންތިހާބުތަށް ފޯރިއާއެކު ކުރިޔަށްދާއިރު، އެ ޕާޓީގެ ޗެއާޕާސަން ކަމަށް މެންބަރަކު ހޮވުމަށް ވަނީ ވާދަވެރިކަން ބޮޑުވެފައެވެ. އިންތިގެ އިތުރުން ޗެއާޕާސަންކަމަށް ދެން ކުރިމަތިލެއްވީ އިކޮނޮމިކް މިނިސްޓާރ ފައްޔާޒު އިސްމާއީލެވެ.

އެންޑީޕީގެ ޗެއާޕާސަން ކަމަށް މެންބަރަކު ހޮވަން ބާއްވާ އިންތިހާބު އޮންނަނީ އަންނަ އެޕްރީލް މަހުގެ 16ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް