އިންޑިއާ އައުޓަކީ ސިޔާސީ ގޭމެއްގެ ގޮތުގައި ކުޅުމަށްވުރެ މާ ނުރައްކާކަމެއް: ފައްޔާޒް

އިންޑިއާ އައުޓަކީ ސިޔާސީ ގޭމެއްގެ ގޮތުގައި ކުޅުމަށްވުރެ މާ ނުރައްކާ ކަމެއް ކަމުގައި އިކޮނޮމިކް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ 241 ކޮމިޓީގައި ވާހަކަފ...

14 Feb 2022 | 08:15

އިންޑިއާ އައުޓަކީ ސިޔާސީ ގޭމެއްގެ ގޮތުގައި ކުޅުމަށްވުރެ މާ ނުރައްކާ ކަމެއް ކަމުގައި އިކޮނޮމިކް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ 241 ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ކޮމިޓީއަށް މިއަދު ހާޒިރުކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރުގެ އިތުރުން ފޮރިން މިިނިސްޓްރީގެ ކަމާއި ބެހޭ ފަރާތްތަކެވެ.

މިނިސްޓަރު ވިދާޅުވީ މިކަން ގޯހުން ގޯހަށް ގޮސް އަތުން ދާ ހިސާބުން ހާލަތު މާ ބޮޑަށްވެސް ގޯސްވެދާނެ ކަމަށެވެ. ދާދިފަހުން ހިނގި ހާދިސާއަކަށް އިސާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ ށ. ފުނަދޫގައި 40 ޓީޗަރުން ކުއްލިއަކަށް ދާން މަސައްކަތް ކޮށްފި ކަމަށެވެ. ހާލަތު އަބަދުވެސް ރަނގަޅު ކުރަނީ އިންޑިއާ އާއި ވާހަކަ ދައްކައިގެން ކަމަށެވެ.

"ކިހާ ހިސާބަކުންތޯ އަތުން ދާނީ، އިންޑިއާގައި އެތައް ހާސް ދިވެހިންނެއް އެބަތިބި، މިތަނުން ހޫނުވެގެން އިންޑިއާ މީހެއްގެ ގައިގަ ޖަހާ ހިސާބުން ދެން ކިހިނެއްތޯ ވާނީ؟" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރުވެސް އޮތް ގާތް ގުޅުމެއްގެ ސަބަބުން އިތުުރު ފަސޭހަތަކެއް ލިބެމުން އަންނަ ކަމަށާއި ނަރުހުންނާއި ޓީޗަރުންނާއި އެތައް ގުނައަކަށް ބޭނުންވާއިރު ރެކްރޫޓް ކުރުމުގެ ދަތިތަކެއް އެބަހުރި ކަމަށެވެ. ސިޔާސީ ގޮތުން ސަރުކާރާ ދިމާކުރަން ބޭނުންވަންޏާ އިތުރު ގޮތްގޮތްވެސް ހުންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް