އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ މަޤާމަށް، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ ޢާޒިމާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ދައުރު މިދިޔަ މަހު ހަމަވުމާއި ގުޅިގެން އެ މަގާމަށް އިންތިހާބު ބާއްވަން ނިންމާފައި ވަނީ މި މަހު 18 ގައެވެ. މި މަޤާމަށް ކުރިމަތިލުމުގެ އަންނަ ބުރާސްފަތިދުވަހަށް ހަމަވާނެއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ މަޤާމަށް، އަސްލަމް ވާދަ ކުރަށްވަން ނިންމަވާފައިވާއިރު އާޒިމް ވަނީ ކުރީ ދަރުގެ ލީޑާކަން ކުރަށްވާފައެވެ.
ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ކަމަށް ބޭފުޅަކު އިންތިޚާބު ކުރާއިރު، ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ކަމަށް ދެބޭފުޅަކު އިންތިޚާބު ކުރަން އެ ޕާޓީން ވަނީ ނިންމާފައެވެ. އަދި އަމީން އާންމުގެ މަގާމަށް އެއްބޭފުޅަކު، އަމީން އާއްމުގެ ނާއިބުގެ މަގާމަށް އެއްބޭފުޅަކު ޗީފް ވިޕްއަށް 6 ބޭފުޅުން އިންތިޚާބު ކުރެއެވެ.
އެންޑީޕީގެ އެތެރޭގެ އިންތިހާބުތައް ބާއްވަން ނިންމަވާފައިވާއިރު އެ ޕާޓީގެ ޗެއާރޕާސަން ކަމަށް މެންބަރަކު އިންތިހާބުކުރަން ކެންޕެއިންކުރުން ވާދަވެރިކަމާއެކު ކުރިޔަށް އެބަދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް