މިފްކޯއިންވެސް ތެލުގެ އަގު ބޮޑުކޮށްފި

މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑޫކޮށްފިއެވެ. ބޮޑުކޮށްފައިވަނީ މަސްދޯނި ފަހަރު ނަމަ ޑީސަލް ލީޓަރަކުން 12 ރުފިޔާ 68 ލާރިއެވެ. އަދި އަންމު ފަރާތަކަށް ވިއްކާނަމަ ލީޓަރެއް 15 ރުފިޔާގެ މަގުންނެވެ. މީގެ ކ...

14 Feb 2022 | 06:29

މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑޫކޮށްފިއެވެ.

ބޮޑުކޮށްފައިވަނީ މަސްދޯނި ފަހަރު ނަމަ ޑީސަލް ލީޓަރަކުން 12 ރުފިޔާ 68 ލާރިއެވެ. އަދި އަންމު ފަރާތަކަށް ވިއްކާނަމަ ލީޓަރެއް 15 ރުފިޔާގެ މަގުންނެވެ.

މީގެ ކުރިން މިފްކޯ އިން މަސްދޯންޏަކަށް ޑީސަލް ލީޓަރެއް 12  ރުފިޔާ 08 ލާރިއަށް ވިއްކާފައިވާ އިރު  އާންމު ފަރާތަކަށް ލީޓަރެއް ވިއްކާފައިވަނީ 14 ރުފިޔާ 26 ލާރިއަށްށެވެ.

ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި އެސްޓީއޯއިން ވެސް ވަނީ ޕެޓްރޯލާއި ޑީސަލްގެ އަގު މަތިކޮށްފައެވެ. އެގޮތުން އެސްޓީއޯއިން ވަނީ 12 ރުފިޔާ 98 ލާރިއަށް ޕެޓްރޯލް ލީޓަރެއްވިއްކަން ފަށާފައެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން ދަނީ 13 ރުފިޔާ 04 ލާރިއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް