އިންޑިއާއިން ޗައިނާގެ އިތުރު 54 އެޕްލިކޭޝަނެއް ބްލޮކް ކޮށްފި އެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަލަށް ބްލޮކް ކުރި 54 އެޕަކީ އެ ގައުމުގެ ގައުމީ ސަލާމަށް ނުރައްކާވާ ޒާތުގެ އެޕްލިކޭޝަންތަކެކެވެ.
މިފަހަރު ބޮލޮކް ކުރި އެޕްލިކޭޝަންތަކުގެ ތެރޭގައި ސެލްފީ ނެގުމަށް ހާއްސަ އެޕްތަކެއް ކަމަށްވާ ސްވީޓް ސެލްފީ އެޗްޑީ، ބިއުޓީ ކެމެރާ، ބިއުޓި ކެމެރާ ސެލްފީ ކެމެރާ ހިމެނެ އެވެ. އަދި ވީވާ ވީޑިއޯ އެޑިޓާ އާއި އެޕް ލޮކްގެ އިތުރުން ޑުއެލް ސްޕޭސް ލައިޓް ފަދަ އެޕްތައް ހިމެނެ އެވެ.
އެ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި ގޮތުގައި މި އެޕްތަކަކީ މީގެ ކުރިންވެސް އިންޑިއާއިން ބްލޮކް ކޮށްފައިވާ އެޕްތަކެކެވެ. އެކަމަކު ޗައިނާގެ ކުންފުނިތަކުން ވަނީ އެހެން ނަންނަމުގައި މި އެޕްލިކޭޝަންތައް އެއް ފީޗާސްތަަކައި އެކު ރީބްރޭންޑުކޮށް ނެރެފަ އެވެ.
މި އެޕްތައް ބްލޮކް ކުރި މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އެޕް ބޭނުން ކުރާ ފަރާތްތަކުގެ ސިއްރު މައުލޫމާތުތައް ޗައިނާގެ ބައެއް އިދާރާތަކަށް ފޯރުކޮށްދޭތީ ކަމަށް ވިދާޅުވެފައިވެ އެވެ.
2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިންޑިއާއިން ވަނީ ޗައިނާގެ 224 އެޕެއް ބްލޮކްކޮށްފަ އެވެ. އޭގެ ތެރޭގައި ޓިކްޓޮކާއި، ވީޗެޓް، ލައިކީ، ހެލޯ އަދި މައި ކޮމިއުނިޓީ ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް