ޔަމަނުގެ ދާހިލީ ހަނގުރާމައިގަ ތައުލީމުން މަހުރޫމުވެފައިވާ ކުދިންނަށް ހާއްސަކޮށް އެ ގައުމުގެ އަމިއްލަ ޖަމިއްޔާއަކުން މޮބައިލް ސްކޫލް ބަހުގެ ހިދުމަތް ތައާރަފުކޮށްފި އެވެ.
އެޑްރިސް މޮބައިން ސްކޫލްގެ ނަމުގައި މި ހިދުމަތް ޔަމަނުގައި ތައާރަފު ކުރީ އަލްތަވާސުލް ފޯ ހިއުމަން ޑިވެލޮޕްމެންޓުންނެވެ. މި ހިދުމަތުގައި ބޭނުން ކުރާ ބަހުން ޔަމަނުގެ މަގްރިބާއި ހަދްރަމާތުގައި ހާލުގައި ޖެހިފައިވާ މީހުން ތިބި ޓެންޓުތަަކުގައި ތިބި 900 ކުދިންނަށް ތައުލީމު ފޯރުކޮށްދޭނެ އެވެ.
އެ ބަހުން ކިޔަވައިދެނީ ގްރޭޑް ހަތަރަކާއި ހިސާބަށެވެ. މި ބަހުގައި ކުދިންނަށް އިށީނދެވޭގޮތަށް ކުދި ގޮނޑި ހުންނަ އިރު ޓީވީ ބޭނުންކޮށްގެން ކިޔަވައި ދިނުމަށް ކުޑަ ޖަނަރޭޓަރެއްވެސް ބޭނުން ކުރެ އެވެ.
މި ސްކޫލުން އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ގަބޫލު ކުރާ ސެޓްފިކެޓެއް ދޫކުރެ އެވެ.
މި ބަހުގެ ހިދުމަތް ދޭ ދެ ސަރަހައްދަކީ ސްކޫލްތައް ހުންނަ ސަރަހައްދު ދުރުކަމުން މައިން ބަފައިންނަށް ސްކޫލަށް ފޮނުވުމަށް ދަތުރުފަތުރުގެ ހަރަނު ކުރުމަށް ނުކުޅެދިފައިވާ ސަރަހައްދުތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް