މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 2.2 ރުފިޔާ ލިބިއްޖެ

މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ. މީރާއިން ބުނީ މިދިޔަ މަހަކީ މިހާތަނަށް ދައުލަތަށް ...

14 Feb 2017 | 09:05

މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.

މީރާއިން ބުނީ މިދިޔަ މަހަކީ މިހާތަނަށް ދައުލަތަށް މަހެއްގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަސް ކަމަށެވެ.

އެ އޮތޯރިޓީން ބުނީ މިދިޔަ މަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީ އާއި އަޅާ ބަލާއިރު 27.2 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ. އަދި އެއީ އަންދާޒާ ކުރިވަރަށްވުރެ 26.1 ޕަސެންޓު އިތުރު އަދަދެކެވެ.

މީރާއިން ބުނީ މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ބީޕީޓީންނާއި ޓޫރިޒަމް ލޭންޑު ރެންޓުން ކަމަށެވެ. އެގޮތުން 943.8 މިލިއަން ރުފިޔާ ބީޕީޓީގެ ގޮތުގައި ލިބިފައިވެ އެވެ.

މީރާއިން ބުނީ މިދޔަ މަހު ލިބުނު އާމްދަނީ އިތުރުވެފައިވަނީ ދެ ޓެކްސްއެއް ދެއްކުމުގެ މުއްދަތު ހަމަވާ މަހަށް ވުމުން ކަމަށެވެ. މީރާއިން ވަނީ ވިޔަފާރިވެރިންނަށް ޓެކްސް ދެއްކުމުގައި ލުއި ފަސޭހަ ކޮށްދިނުމަށް ބާ ޖަމާލުއްދީން ސްކޫލްގައި ކައުންޓަރުތަކެއް ބަހައްޓައިގެން މިދިޔަ މަހު ހިދުމަތް ދީފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް