ބޭންކް އޮފް މޯލްޑިވްސް "އަހަރެންގެ ބޭންކު، ދިވެހިންގެ ބޭންކު" ކެމްޕެއިންގެ ދަށުން ކެއާ ސޮސައިޓީއަށް 150،000 ރުފިޔާ ހަދިޔާކޮށްފި އެވެ.
ބީއެމްއެލްގެ ފަރާތުން މި ފައިސާގެ އެހީ އެ ސޮސައިޓީ އާއި ހަވާލުކޮށްދެއްވީ ސީއީއޯ އެންޑްރޫ ހީލީ އެވެ.
ބީއެމްއެލް ބުނީ އެ ފައިސާ ބޭނުންކޮށްގެން ހިންގަން ނިންމާފައިވާ ޕްރޮގްރާމްތަކަށް މި އެހީގެ އަދަދަކީ ރަނގަޅު މިންވަރަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ކެއާ ސޮސައިޓީން ބުނީ އެ ފައިސާ ހަރަދު ކުރާނީ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމް ތަކަށާއި، ޕްރޮގްރާމް ތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ކަމަށެވެ. އަހަރެންގެ ބޭންކު، ދިވެހިންގެ ބޭންކު ކެމްޕެއިންގެ ދަށުން ބީއެމްއެލްއިން ދަނީ މުޖުތަމައުއަށް ފައިދާ ކުރާނެ ގިނަ ކަންތައްތަކެއް ކުރަމުންނެވެ.
އެގޮތުން ކެންސަރު ބަލީގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތަކުގައި ބީއެމްއެލްއިން ވަނީ ކެންސަރު ސޮސައިޓީއަށް 30،000 ރުފިޔާ އެހީގެ ގޮތުގައި ދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް