ސްކޫލްތަކުގައި އަރަބި ތަޢުލީމް އުނގަންނައި ދިނުމަށް، ސައުދީ އަރަބިއްޔާއިން މިއަދު އަރަބި ފޮތްތަކެއް ހަދިޔާ ކޮށްދެއްވައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިކަމާއި ގުޅޭގޮތުން ބޭއްވި ރަސްމިއްޔާތެއްގައި، އެމިނިސްޓްރީ އިން ފޮތްތަކާއި ހަވާލުވެ ވަދައިގަތީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޗަތު ޝިހާމް އެވެ.
ދިވެހި ރާއްޖޭގައި އަރަބި އިސްލާމް ގެ ތައުލީމް ފުޅާކޮށް ދަރިވަރުންގެ އަޤީދާ ވަރުގަދަ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ސައުދީ އަރަބިޔާ އިން ވަނީ ޖުމްލަ 17500 އަރަބި ފޮތް ހަދިޔާ ކުރައްވާފައެވެ. އެއީ ގްރޭޑް އެކަކުން ފަހަކަށް 3500 އަރަބި ފޮތެވެ.
މިއަދު ހަދިޔާ ކުރެވުނު އަރަބި ފޮތްތަކުގެ ގްރޭޑްތައް ވަކި ކުރެވި ތަފްސީލީ މަޢުލޫމާތުތައް ރިކޯޑު ކުރުމުގެ މަަސައްކަތް މިހާރު އެޑިއުކޭޝަން މިނިސްޓްރީ އިން ކުރެވެމުންދާއިރު، އެމަސައްކަތް ފުރިހަމަ ކުރެވުނުހާ އަވަހަކަށް ސްކޫލްތަކަށް ފޮތްތަށް ފޯރު ކޮށްދެވޭނެ ކަމަށް އެޑިއެކޭޝަން މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.
ރާއްޖެގައި އަރަބި އިސްލާމް ގެ ތައުލީމް ފުޅާކުރުމަށް ސައުދީއިން ގިނަ އެހީތަކެއް ވެދީފައިވާއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައިވެސް ސައުދީއިން ވަނީ ލައްކައަކަށް ވުރެ ގިނަ ފޮތް ހަދިޔާ ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް