ކާށިދޫ ކަނޑަށް ދެމީހުންނާއިއެކު ދޯންޏެއް ބަންޑުން ޖަހާލައިފި

ކާށިދޫ ކަނޑަށް ދެމީހުންނާއިއެކު، ދިގު މިނުގައި 35 ފޫޓު ހުރި ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ. އެދޯނި ބަންޑުން ޖަހާލާފައިވަނީ ޅ.ކުރެންދޫއިން ފުރައިގެން ހިންމަފުއްޓަށް ދަތުރު ކުރަމުން ދަނިކޮށެވެ. މި ހާދ...

14 Feb 2017 | 07:56

ކާށިދޫ ކަނޑަށް ދެމީހުންނާއިއެކު، ދިގު މިނުގައި 35 ފޫޓު ހުރި ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.

އެދޯނި ބަންޑުން ޖަހާލާފައިވަނީ ޅ.ކުރެންދޫއިން ފުރައިގެން ހިންމަފުއްޓަށް ދަތުރު ކުރަމުން ދަނިކޮށެވެ.

މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 09:20 ހާއިރު، އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ހަރަކާތްތެރި ވަމުން ދާކަމުގެ މަޢުލޫމާތުވަނީ ލިބިފައެވެ.

މިގޮތުން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް، ހަކުރާ ލޯންޗު މާލެ އިން އެ ސަރަޙައްދަށް ދިޔުމަށް ދަތުރުކުރަމުން ދާއިރު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗެއް ޅ.މާފިލާފުށިން ފުރައިގެން އެ ސަރަޙައްދަށް ދިޔުމަށް ވަނީ ފުރާފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގިއިރު އެ ދޯނީގައި ތިބީ ދިވެއްސަކާއި ބިދޭސީއެކެވެ. އަދި، އެ ސަރަޙައްދުން ދަތުރުކުރި އއ. މާޅޮސް "ރަމްޒު" ނަމަކަށް ކިޔާ ދޯންޏަކަށް މި ދެ މީހުން ކަނޑުމަތިން ފެނިގެން މިހާރު ވަނީ އެ ދޯންޏަށް ނަގާފައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް