ދެ ޓޫރިސްޓަކު މަރުވި މައްސަލައެއްގައި މީހެއްގެ މައްޗަށް ދައުވާ އުފުލައިފި

ކ. މާފުށީ ކައިރީގައި ލޯންޗަކާއި ޑައިވިން ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ ޓޫރިސްތަކު މަރުވި މައްސަލައިގަ އެ ލޯންޗު ދުއްވަން އިން މީހާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ. މި ހާދިސާ ހ...

14 Feb 2017 | 07:09

ކ. މާފުށީ ކައިރީގައި ލޯންޗަކާއި ޑައިވިން ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ ޓޫރިސްތަކު މަރުވި މައްސަލައިގަ އެ ލޯންޗު ދުއްވަން އިން މީހާގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ 2015 ޑިސެމްބަރުގައި އެވެ. އެ ހާދިސާގައި މަރުވެފައިވަނީ 16 އަހަރުގެ މެލޭޝިއާ އަންހެން ކުއްޖަކާއި 42 އަހަރުގެ ޗައިނާ އަންހެނެކެވެ.

މި މައްސަލައިގަ ދައުލަތުން ދައުވާ އުފުލާފައިވަނީ ފ. ނިލަންދޫ އުނިމާގޭ، އިބްރާހިމް ނާސިރުގެ މައްޗަށެވެ.

ނަސީރުގެ މައްޗަށް ކުރަނީ މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ. އެއީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް