ވިޔަފާރި ޕްރޮމޯޓު ކުރަން ޝާރުކް އަންހެނުން ގޯރީ ޓުވިޓާއާ ގުޅިއްޖެ

ބޮލީވުޑްގެ ސުޕާ ސްޓާ ޝާރުކް ހާންގެ އަންހެނުން ގޯރީ ހާން ޓުވިޓާ ބޭނުން ކުރަން ފަށައިފި އެވެ. ޓުވީޓާ އާއި ގުޅުމަށް ފަހު ގޯރީ ކުރި ފުރަތަމަ ޓުވީޓުގައި ބުނެފައިވަނީ ވަރަށް އަވަހަށް ދުނިޔޭގެ އެންމެ ރީތި ފަ...

14 Feb 2017 | 03:11

ބޮލީވުޑްގެ ސުޕާ ސްޓާ ޝާރުކް ހާންގެ އަންހެނުން ގޯރީ ހާން ޓުވިޓާ ބޭނުން ކުރަން ފަށައިފި އެވެ.

ޓުވީޓާ އާއި ގުޅުމަށް ފަހު ގޯރީ ކުރި ފުރަތަމަ ޓުވީޓުގައި ބުނެފައިވަނީ ވަރަށް އަވަހަށް ދުނިޔޭގެ އެންމެ ރީތި ފަރުނީޗަރު ބްރޭންޑާއި، ގޯރީ ހާން ޑިޒައިން ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ގޯރީގެ ޓުވިޓާގައި ޖަހާފައިވާ ނަަކީވެސް ގޯރީ ހާން ޑިޒައިން އެވެ.

ގޯރީ ޓުވިޓާ އާއި ގުޅުމުން މަރުހަބާ ކިޔުމުގެ ގޮތުން ޝާރުކް ބުނެފައިވަނީ އުންމީދު ކުރަނީ އެންމެ ފަހުގެ މައުލޫމާތު ޓުވިޓާ މެދުވެރިކޮށް ގޯރީގެ ފަރާތުން ލިބޭނެ ކަމަށް ކަމަށެވެ.

ރިޕޯޓުތައް  ބުނާގޮތުގައި ގޯރީގެ ޓުވިޓާގައި ޖަހާފައިވަ ނަމާއި އޭނާގެ ފުރަތަމަ ޓުވީޓަށް ބަލާއިރު ބެލެވޭގޮތުގައި އޭނާ ޓުވިޓާ ބޭނުން ކުރަނީ ވިޔަފަރު ޕްރޮމޯޓު ކުރާށެވެ.

ގޯރީ އަކީ އިންޓީރިއާ ޑިޒައިނިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްގެން އެ ދައިރާގައި އަމިއްލަ ވިޔަފާރި ކުރާ މީހެކެވެ. އޭނާ ވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ގޭގެ ޑިޒައިންކޮށްފައި އެވެ.

އޭގެ ތެރޭގައި ރަންބީރު ކަޕޫރުގެ އަމިއްލަ އެޕާޓްމަންޓާއި ކަރަން ޖޯހަރުގެ ގެ ހިމެނެ އެވެ. އަދި ރަންބީރުގެ އެޕާޓްމަންޓު ގެ އިންޓީރިއާ ޑިޒައިން ރީތިވެގެން އޭނާގެ ބައްޕަ ރިޝީ ކަޕޫރު ވަނީ އެ ގެ ޑިޒައިން ކުރުމަށް ގޯރީ އާއި ހަވާލު ކުރަން ނިންމާފައިވާކަން ހާމަކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް