މާޒީގެ ނުތަނަވަސްކަން ފިލުވާލަން ޖެހޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދު އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރަން ޖެހޭ ކަމަށް ވިދާޅުވެ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހަވީރު ނޫހުގައި ލިޔުނު މަޒުމޫނަށް އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ރައްދު ދެއްވައިފި އެވެ.
ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާޒީ ހަނދާން ނައްތާލުމުގެ ބަދަލުގައި ހަނދާން އާކޮށް އެއިން ފިލާވަޅު ލިބިގަންނަން ޖެހޭނެ ކަމަށެވެ. “އިސްތިއުމާރީ ތޫފާނެއްގެ ތެރެއަށް އަދާލަތު ޕާޓީ ވެއްޓިގެން ނުވާނެ.” ކަމަށް ވެސް ޝަހީމްގެ އެޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
https://twitter.com/Mohamedshaheem1/status/566529857069133824
ނަމަވެސް ފަހުން ކުރެއްވި ޓުވީޓެއްގައި ވަނީ ޝެއިހް އިމްރާނަކީ ރާއްޖެ ދުށް އިލްމީ ވަރުގަދަ ސިޔާސީ ސަހުޝިއްޔަތެއް ކަމަށާއި ރައްޔިތުންނާއި އެކު އިމްރާން ދެމިހުންނަވާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.
https://twitter.com/Mohamedshaheem1/status/566536759740076032
މިނިސްޓަރ ޝަހީމް މިއަދު ކުރެއްވެވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ އުނިކަމެއް ހުރިނަމަ އެކަމެއް ސީދާ ސަރުކާރަށް ހުށަހެޅުމުގެ ފުރުސަތު އަދާލަތު ޕާޓީ އަށް އެބައޮތް ކަމަށެވެ.
ވީމާ ވިސްނުންތެރި ކަމާއި ހިކުމަތްތެރި ކަން ކުރިއަށް ނެރެ ސުލްހަވެރި ކަމާއި އިންސާފާއި އަދުލުވެރިކަމުގެ ތަނބުތައް ހިފެހެއްޓުމަށް އަދާލަތު ޕާޓީގެ އިލްމުވެރިން އަރިހުން އެދިވަޑައިގަންނަވާ ކަމަށް ވެސް ޝަހީމް ވަނީ މިއަދު ވިދާޅުވެފައެވެ.
އަދި ވަކި މީހަކު ބުނާ އެއްޗަކީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ނިންމާ ނިންމުމެއް ނޫންކަމަށްވެސް ޝަހީމް ވިދާޅުވެފައި ވެ އެވެ.
https://twitter.com/Mohamedshaheem1/status/566536359272136705
މާޒީ އިން ފިލާވަޅު ލިބިގަންނަން ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އިރު އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ ހަވީރު ނޫހުގައި” މާޒީގެ ނުތަނަވަސްކަން ފިލުވާލުން” މި ސުރުހީއަށް ލިޔުއްވި މަޒުމޫނެއްގައި މިއަދު ވިދާޅުވެފައި ވަނީ ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ އިިތުރުން ދައުލަތުގެ މަތީ މަގާމުތަކުގައި އޭރު ތިއްބެވި ބައެއް ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި މެދު ކޯޓުން ބޭރުގައި ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް