ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން އިބްރާހިމް ވަހީދު (އަސްވާޑް) ވަކިވެވަޑައިގެންނެވީ ސަރުކާރުގެ އިސް ފަރާތަކާ ގުޅިގެން އެހެން ޓީވީ ޗެނަލެއް ހަދާކަން ފަޅާއެރުމުން ކަމަށް ރާއްޖެ ޓީވީން ބުނެފި އެވެ.
ރާއްޖެ ޓީވީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނެފައިވަނީ އަސްވާޑް އެ ޗެނަލުން ވަކިވީ "ތަނުގެ އިސް މަގާމެއްގައި ހުރެ ސަރުކާރުގެ އިސް މީހަކު ފަންޑުކުރާ ޓީވީއެއް ހެދުމަށް ބައިވެރިވެ އެ މަސައްކަތް ކުރާކަން ފަޅާއެރުމުން،" ކަމަށެވެ
އަސްވާޑް ރާއްޖެ ޓީވީ ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުވާފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.
https://twitter.com/Raajje_tv/status/566524857022566400
އަސްވަޑް މިއަދު މީޑިއާގައި ވިދާޅުވެފައިވަނީ އޭނާ ރާއްޖެ ޓީވީން ވަކިވީ އެ ސްޓޭޝަން އުފެއްދި މަގުސަދާ ހިލާފަށް ކަންކަން ހިނގަން ފެށުމުން އެ ސްޓޭޝަންގައި ދެމިހުރުމަށް އަމިއްލަ ޒަމީރު ގަބޫލު ނުކުރާތީ ކަމަށެވެ. ނަމަވެސް ރާއްޖެ ޓީވީ އުފެއްދި މަގުސަދާ ހިލާފަށް އެ ސްޓޭޝަނުން ކުރި ކަމެއް އަސްވާޑް މީޑިއާގައި ވިދާޅުވެފައެއް ނުވެ އެވެ.
ރާއްޖެ ޓީވީން އަސްވާޑް ވަކިވެވަޑައިގެންފައި މިވަނީ އެ ސްޓޭޝަންގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޔާމިން އެމްޑީޕީން ވަކިވެވަޑައިގެން ވެރިކަން ކުރާ ޕީޕީއެމާއި ގުޅިވަޑައިގެންފައިވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް