ޔުނިވާސިޓީގެ ވެރިން ފުލުސް އޮފީހަށް ހާޒިރުކޮށްފި

ސޯސަންގޭގައި ހިންގި ގައުމީ ޔުނިވަސިޓީގެ ބައެއް ފެކަލްޓީތައް ހުސްކުރި މައްސަލައިގައި ޔުނިވަސިޓީގެ ވެރިން ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ. އެ މައްސަލައިގެ ތަފްސީލު ފުލުހުންވެސް ޔުނިވާސިޓީންވެސް ނުދޭއި...

14 Feb 2015 | 09:31

ސޯސަންގޭގައި ހިންގި ގައުމީ ޔުނިވަސިޓީގެ ބައެއް ފެކަލްޓީތައް ހުސްކުރި މައްސަލައިގައި ޔުނިވަސިޓީގެ ވެރިން ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

އެ މައްސަލައިގެ ތަފްސީލު ފުލުހުންވެސް ޔުނިވާސިޓީންވެސް ނުދޭއިރު ޔުނިވާސިޓީގެ ފަރާތުން ބޭފުޅަކު ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުވީ އެތަނުން ބަލަމުންދާ މައްސަލައެއްގެ މައުލޫމާތު ދިނުމަށް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔުނިވާސިޓީގެ ވެރިން ފުލުސް އޮފީހަށް ހާޒިރު ކުރީ ސޯސަންގޭގައި ހިންގި ޓޫރިޒަމް ފެކަލްޓީ އާއި ސައިންސް ފެކަލްޓީގެ ތަކެތި ހައުސިން މިނިސްޓްރީ އާއި ފުލުހުން ނެރެ، އެތަން ހުސްކުރި އިރު އެތަނުގައި ހުރި އަގުބޮޑު މެޝިންތައް ގެންދިޔަ ތަނެއް ނޭނގޭ ކަމަށް ބުނެ ޔުނިވާސިޓީން ފުލުހުންނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ނެވެ.

ޔުނިވަސިޓީން ބުނީ ސޯސަންގޭގައި ހުރި ފެކަލްޓީގެ މުދާތައް ގެންދިޔައީ ޔުނިވަސިޓީ އަށް އެނގިގެން، އެތަނުގެ މުވައްޒަފެއްގެ ހާޒިރުގައި ނޫން ކަމަށެވެ. އަދި އެތަކެތި ގެންދިޔައީ ކޮން ތަނަކަށް ކަން ނޭނގޭ ކަމަށް ވެސް ޔުނިވާސިޓީން ވަނީ ބުނެފައި އެވެ.

ސޯސަންގޭގެ އިތުރުން ބާ ޖަމާލުއްދީން އިމާރާތުގައި ހިންގާ ޔުނިވާސިޓީގެ ޖީ ބްލޮކް ހުސްކުރުމަށް ރައީސް އޮފީހުން ފުލުހުންނަށް އެންގުމާ ގުޅިގެން ޔުނިވާސިޓިގެ ދަރިވަރުން ވަނީ އެކަމާ ދެކޮޅަށް އިހުތިޖާޖު ކޮށްފައެވެ.

މިހާރު ސަރުކާރުން ވަނީ ކުރިން އިމާރާތް ހުސްކުރުމަށް ދިން 7 ދުވަހުގެ މުއްދަތު  އިތުރުކޮށްދީ މި މަހުގެ 26 ހުގައި އެތަން ހުސްކުރުމަށް އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް