މާލޭގެ މިސްކިތްތަކުގެ މުދިމުންނާއި އިމާމުން އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރިފަހުން އެމީހުންނަށް ލިބެން ޖެހޭ މުސާރަ ނުލިބޭ ކަމަށް އިމާމުންގެ ޖަމިއްޔާއިން ބުނެފި އެވެ.
އިމާމުންގެ ޖަމިއްޔާއިން ބުނީ އިމާމުންނާއި މިސްކިތްތަކުގެ އެންމެހައި މަސައްކަތްތައް އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި އެ ދުވަހާއި ހަމައަށް ސިޓީ ކައުންސިލުން ވަނީ 15 ދުވަހުގެ މުސާރަ ޖަމާކޮށްދީފަ އެވެ. އެ ޖަމިއްޔާއިން ބުނީ މިނިސްޓްރީގެ ދަށުން ލިބެންވާ 15 ދުވަހުގެ މުސާރަ އަދިވެސް ޖަމާނުވާ ކަމަށެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ މުސާރަ ޖަމާކޮށްދެވިފައި ނުވަނީ އިދާރީ އޮޅުމެއް އަރައިގެން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި މުސާރަ ޖަމާކުރުމުގައި އޮޅުން އަރާފައިވަނީ ސިޓީ ކައުުންސިލުން މުޅި މަހުގެ މުސާރަ ދޭނެ ކަމަށް މިނިސްޓްރީއަށް ގަބޫލުކުރެވުމުންނެވެ.
އެނާ ވިދާޅުވީ މުސާރަ ޖަމާކޮށްދިނުމަށް މިހާރު ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާނެ ކަމަށާއި މާދަމާގެ ވަގުތެއްގައި އިމާމުންނަށް މުސާރައިގެ ބާކީ ބައި ޖަމާވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް