ސީއެޗްއެސްއީގެ ދަރިވަރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 45000 ރުފިޔާގެ އެހީވެއްޖެ

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނުގެ ދަރިވަރުން ގިނަ އަދަދެއްގެ ތަކެތި ހަދިޔާކޮށްފިއެވެ. ބައިނަލް އަގުވާމީ ގޮތުން ފާ...

14 Feb 2015 | 06:03

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނުގެ ދަރިވަރުން ގިނަ އަދަދެއްގެ ތަކެތި ހަދިޔާކޮށްފިއެވެ.

ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ "މަފްޓީ ޑޭ" ފާހަގަކުރުމުގެ ގޮތުން ސީއެޗްއެސްއީގެ ދަރިވަރުން އިއްޔެ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް ޒިޔާރަތްކޮށް އެ މަރުކަޒުގައި ތިބި މީހުންނަށް ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި ވަނީ ހަދިޔާކޮށްފައި އެވެ. އެގޮތުން އެ ސްކޫލްގެ ދަރިވަރުން ވަނީ 45000 ރުފިޔާގެ ތަކެތި އެ ސެންޓަރުގައި ތިބި މީހުންނަށް ހަދިޔާ ކޮށްފައި އެވެ.

ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ބެޑްޝީޓާއި ބާލީހާއި، ތުވާއްޔާއި، ދަތްއުނގުޅާ ބުރުހާއި ބޭސް، ޝޭންޕޫ އެއާފްރެޝްނާ ކޯލާވާޓަރުގެ އިތުރުން ކާއެއްޗިއްސާއި އެ ސެންޓަރުގައި ތިބި މީހުންނަށް ބޭނުންވާނެ އެއްޗެހި ހަދިޔާކޮށްފައި ވެއެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް ސީއެޗްއެސްއީގެ ދަރިވަރުން އިއްޔެ ކުރި ދަތުރުގައި އެ ސުކޫލުގެ އިސްވެރިންނާއި 57 ދަރިވަރުންނާއި 6 ބެލެނިވެރިޔަކު ބައިވެރިވެފައިވެއެވެ.

ބައިނަލް އަގުވާމީގޮތުން ފާހަގަކުރާ "މަފްޓީ ޑޭ" ގެ ބޭނުމަކީ މުޖްތަމައުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަކީ ރައްކާތެރިކަމާއި ސަލާމަތާއި، އޯގާތެރިކަމާއި، ގަދަރާއި ލޯތްބާއި އަޅާލުން ހައްގުވާ ބައެއްކަން ދަރިވަރުންނަށް އަންގައިދީ  އެފަދަ މީހުންނާ މެދުގައި ވިސްނާ ޒުވާންޖީލެއް އުފެއްދުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް