ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަށް ދައުލަތުން ކުރަންޖެހޭ ހަރަދުތައް ހުއްޓާލާފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމިރު ވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީގެ ދިފާއުގެ ނަމުގައި އެމްޑީޕީއާ ޖެޕީ ގުޅިގެން ކޮންމެ ރެއަކު ކުރިއަށް ގެންދާ ކަންމަތީ ބައްދަލުވުމުގައި ރޭ ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ ނައިބް ރައީސްއަށް ސަރުކާރުން ކުރަންޖެހޭ ހަރަދުތައް ކުރުން ހުއްޓާލާފައިވާތީ ދިވެހި ރައްޔިތުން ލަދުގަނެ ހިތާމަކުރަންޖެހޭ ކަމަށެެވެ. ސަމީރު ވިދާޅުވީ ނައިބް ރައީސަކަށް ހުންނަވާ ބޭފުޅެއްގެ ގޭގެ ހަރަދަކީ ދައުލަތުން ބަހަލަހައްޓަން ޖެހޭ ކަންކަމަށް ވާއިރު މިއަދު ސަރުކާރުން ޑރ ޖަމީލަށް ކުރަމުން އައި އެ ހަރަދުތައް ހުއްޓާލާފައި ވާކަމަށެވެ.
"ދަންނަވަންތޯ އެމަނިކުފާނުގެ ގޭގެ ހަރަދުބަރަދެއް ނުދެއްވާ ސަރުކާރަކުންނެއް. މިއަދު އެމަނިކުފާނު ހަރަދު ކުރައްވަނީ އެމަނިކުފާނުގެ އަނބިކަނބަލުންނަށާއި އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މުސާރަފުޅަކުން އެމަނިކުފާނު އެ ދިރުއުޅުއްވަނީ،" ސަމީރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ނާއިބް ރައީސަށް ކުރައްވާ ހަރަދު ހުއްޓާލިޔަސް ސަރުކާރުން ސިޔާސީ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށެވެ. އެގޮތުން ދައުލަތުގެ ރަސްމީ ގަނޑުވަރު މުލިއާގެ މިއަދު ބޭނުންކުރަނީ ޕީޕީއެމްގެ ސިޔާސީ ޖަގަހައެއްގެ ގޮތުގައި ކަމަށް ސަމީރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް