މަސްތުވާތަކެއްޗާއި އެކު ރ. މީދޫއިން މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ރ. މީދޫ އިން މީހަކު ހައްޔަރު ކޮށްފި އެވެ. ފުލުހުން ބުނީ، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 85 ސެލޯފިންކޮޅާއެކު  ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެެނެ...

14 Feb 2015 | 05:25

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ރ. މީދޫ އިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 85 ސެލޯފިންކޮޅާއެކު  ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެެނެއް ކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ހަވީރު 18:05 ހާއިރު އެވެ. ފުލުހުން ބުނީ މަސްތުވާތަކެތި ފެނުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރި އިރު ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް