ތަޤްވާ މިސްކިތް ޒީނަތްތެރި ކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި

މަސްޖިދުލް ތަޤްވާ މިސްކިތް ޒީނަތްތެރި ކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ. ހަތް ސަތޭކަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ތަޤްވާ މިސްކިތް ޒަމާނާ އެއްގޮތަށް ޒީނާތްތެރި ކުރުމަށް ނިންމީ، މޭޔަ...

14 Jan 2025 | 14:36

މަސްޖިދުލް ތަޤްވާ މިސްކިތް ޒީނަތްތެރި ކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ހަތް ސަތޭކަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ތަޤްވާ މިސްކިތް ޒަމާނާ އެއްގޮތަށް ޒީނާތްތެރި ކުރުމަށް ނިންމީ، މޭޔަރ އާދަމް އާޒިމް އިއްޔެ އެމިސްކިތައް ޒިޔާރަތް ކުރައްވާ، މިސްކިތް ބައްލަވާ ލެއްވުމަށްފަހު އެވެ.

މިސްކިތް ބައްލަވާ ލެއްވުމަށް ފަހު މޭޔަރ އާޒިމް ވިދާޅުވީ، މިސްކިތުގެ ނަމާދު ކުރާބައިގައި އޭސީކޮށް، މިސްކިތުގެ ގޯތިތެރޭގައި ޒަމާނާ އެއްގޮތަށް ގައުއެތުރުމާއި، ވުޟޫކުރާބައިގެ ހިޔާކޮށްފައިވާ ސަރަހައްދު ބޮޑުކުރުމަށެވެ. އަދި މީގެއިތުރުން އިތުރު ފާހާނާއެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް މޭޔާރ ވިދާޅުވި އެވެ.

މޭޔަރ ވިދާޅުވީ މިސްކިތު ތެރޭގައި ހަރުކުރާ އޭސީ ހަދިޔާ ކޮށްދެއްވީ ހަނިމާދޫ ދާއިރާގެ މެމްބަރ އަބްދުލް ޤަފޫރު މޫސާގެ ދީލަތި އެހީއާއެކު ކަމަށެވެ. އެކަމަށްޓަކައި މެމްބަރ ޤަފޫރަށް މޭޔަރ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާއިން ހިމާޔާތްކޮށްފައިވާ ތަޤްވާ މިސްކިތުގެ މަސައްކަތްތައް ކުރިއަށް އޮތް ރަމަޟާން މަހަށް ނިންމުމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް