ލޮސް އެންޖަލިސް އަލިފާން: އިތުރު ބޮޑު އަލިފާންގަނޑެއް އުފެދިއްޖެ – ވާރޭވެހުމުގެ ނިޝާނެއްވެސް ނެތް

އެމެރިކާގެ ކެލިފޯނިއާގައި ފެތުރެމުން އަންނަ އަލިފާންގަނޑުތަކަށް އިތުރު އަލިފާންގަނޑެއް އިތުރުވެއްޖެއެވެ. އާ އަލިފާންގަނޑު ރޯވެފައިވަނީ ވެންޗޫރާ ކައުންޓީގައެވެ. މި އަލިފާންގަނޑަށް ދީފައިވާ ނަމަކީ "އޮޓޯ...

14 Jan 2025 | 13:57

އެމެރިކާގެ ކެލިފޯނިއާގައި ފެތުރެމުން އަންނަ އަލިފާންގަނޑުތަކަށް އިތުރު އަލިފާންގަނޑެއް އިތުރުވެއްޖެއެވެ.

އާ އަލިފާންގަނޑު ރޯވެފައިވަނީ ވެންޗޫރާ ކައުންޓީގައެވެ. މި އަލިފާންގަނޑަށް ދީފައިވާ ނަމަކީ "އޮޓޯ ފަޔަރ" އެވެ.

އޮޓޯ ފަޔަރ މިހާރު ފެތުރިފައިވާ މިންވަރަކީ 55 އޭކަރު ކަމުގައި ކެލިފޯނިއާ ފަޔަރ ޑިޕާޓްމަންޓުން ބުނެފައިވެއެވެ. އަލިފާން ރޯވެފައިހުރި ހަތަރު ސަރަހައްދަށް ވަކިން ބަލައިލާއިރު ޕެލިސޭޑްސް ފަޔަރ ގެ އަދި ކޮންޓްރޯލު ކުރެވިފައިވަނީ 14 އިންސައްތައެވެ. ހާސްޓް ފަޔަރގެ 97 އިންސައްތަ ކޮންޓްރޯލް ކުރެވިފައިވާއިރު އީޓަން ފަޔަރ ގެ ކޮންޓްރޯލް ކުރެވިފައިވަނީ 33 އިންސައްތައެވެ. އެންމެ ފަހުން ރޯވި އޮޓޯ ފަޔަރގެ އެންމެ އިންސައްތައެއްވެސް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.

ގަދަ ވަޔާއެކު އިތުރު އަލިފާން ސްޕޮޓްތައް އުފެދޭނެކަމަށް އަންދާޒާކުރާއިރު އަލިފާން ރޯވެފައިވާ ޖުމްލަ ސަރަހައްދުގެ އަދަދު ވަނީ 40،588 އޭކަރަށް އިތުރުވެފައެވެ. 23 މީހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު ގެއްލިފައިވާ މީހުންގެ އަދަދު އުޅެނީ 26 އިން މަތީގައެވެ. އަނދާ ހުލިވެ ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ އަދަދު 12،300 އަށްވުރެ އިތުރުވެފައިވާއިރު ކެލިފޯނިއާ ވެދަރ ޑިޕާޓްމެންޓުން ބުނެފައިވަނީ މިހާރު ބައެއް ސަރަހައްދުތަކުގައި ވައިގެ ބާރުމިން ގަޑިއަކު 50 މޭލަށްވުރެ މަތީގައި ހުރި އިރު ވިއްސާރަ ކޮށްފާނެ ދުވަހެއް ފޯކާސްޓްކުރެވިފައި އަދި ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް