ރޯދަމަހާ ގާތްކޮށް ދިރާގުން ހާއްސަ ދެ ޕްރޮމޯޝަނެއް ފަށައިފިއެވެ.
"ރޯދަ ރެޑީ" ނަމުގައި ފެށި މި ދެ ޕްރޮމޯޝަނަކީ ދީނީ އަދި ސަގާފީ ގޮތުން ތައްޔާރުވެލަން ލިބޭ ފުރުސަތަކަށް ވެގެންދާނެކަމުގައި ދިރާގުން ގަބޫލުކުރެއެވެ.
އެގޮތުން މިއަދު ލޯންޗުކުރި ޕްރޮމޯޝަންގައި:
ހަތަރު ނަސީބުވެރިއަކަށް ހިލޭ އުމްރާ ދަތުރު
މި ޕްރޮމޯޝަން ހުޅުވާލާފައިވަނީ ދިރާގުގެ Limitehneh 30M އިން ފެށިގެން މަތީގެޕެކޭޖްތައް ނަންގަވާ ފަރާތްތަކަށެވެ. އަދި އެ ޕެކޭޖާއި ހަމައަށް އަޕްގްރޭޑްކުރާ ފަރާތްތަކަށާއި ޕްރޮމޯޝަން ނިމެންދެން އެ ޕެކޭޖުގައި ދެމިތިބޭ ފަރާތްތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމުގައި ދިރާގުން ބުނެފައިވެއެވެ.
22 ޖުލައި 2025 އާއި 06 އޯގަސްޓް 2025 އާއި ދެމެދުގެ ތާރީޚަކަށް ޝެޑިއުލްކުރެވިފައިވާ އުމްރާ ދަތުރު ނަސީބުވެރި ހަތަރު ފަރާތަކަށް ލިބިގެންދާނެކަމުގައި ދިރާގުން ބުނެއެވެ.
ރޯދަ ރެޑީ ޝޮޕިންގ ސްޕްރީ:
ރޯދަ ރެޑީ ޝޮޕިންގް ސްޕްރީ މިދިޔަ އަހަރުވެސް ދިރާގުން ކުރިއަށްގެންދިޔައެވެ. ކުރީ އަހަރު މި ޕްރޮމޯޝަން ކުރިއަށްގެންދިޔައީ ހަމަ އެކަނި މާލެ ސަރަހައްދަށް އަމާޒުކޮށެވެ. ނަމަވެސް މިއަހަރު ކުރިއަށްގެންދަން ނިންމާފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ. މި ޕްރޮމޯޝަންގައި 10 ނަސީބުވެރިން ހޮވި، ފިހާރައަކުން އެއް މިނެޓުގެ ތެރޭގައި ބޭނުން އެއްޗެއް ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ނަސީބުވެރިންނަށް ޝޮޕިންގް ސްޕްރީގެ ފުރުސަތު ލިބިގެންދާނީ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށް ދިރާގުން ބުނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް 25 ފެބްރުއަރީ 2025 ގެ ކުރިއަށް ދިރާގުގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނޫންނަމަ ދިރާގުގެ ފައިބަރ ބްރޯޑްބޭންޑް ޕެކޭޖެއް ނެގުމުން ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދިރާގުން ބުނެފައިވާގޮތުގައި މި ޕްރޮމޯޝަންސް ތަކުގެ އިތުރުން ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަންތައް ދިރާގުން ކުރިއަށް އޮތް ހަފްތާތަކުގައި އިއުލާނު ކުރަމުންދާނެއެވެ.
ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ހަރަކާތްތެރިވަމުން އަންނަ ދިރާގަކީ އިނޮވޭޝަންގެ ޒަރިއްޔާއިން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް އެންމެ އިސް ސަފުގައި މަސައްކަތްކުރާ ކުންފުންޏެކެވެ. އަދި ވޭތިވެދިޔަ 36 އަހަރު ތެރޭގައި ދިރާގުން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށާއި އެފަރާތްތަކަށް އިތުބާރު ހުރި އަދި ޒަމާނީ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް