މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ރީނދޫ ސަމާލު ނެރެފިއެވެ.
އެ ސަމާލު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ 11 އަތޮޅަށެވެ. ސަމާލު ހިނގާނެ ވަގުތަކީ ހެނދުނު 11:30 އިން މެންދުރުން އަނބުރާ 3:30 އަށް ކަމުގައި ބުނެފައިވެއެވެ.
މެޓުން ބުނެފައިވަނީ އެ ސަމާލު ހިނގާ ވަގުތު އެ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް