މޫސުން ގޯސްވާނެކަމަށް ލަފާކޮށް 13 އަތޮޅަކަށް ހުދު ސަމާލު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ހުދު ސަމާލު ނެރެފިއެވެ. އެ ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ 13 އަތޮޅަށެވެ. ސަމާލު ހިނގާނެ ވަގުތަކީ ހެނދުނު 10:15 އިން ހަވީރު 04:00 އ...

14 Jan 2025 | 05:11

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ހުދު ސަމާލު ނެރެފިއެވެ.

އެ ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ 13 އަތޮޅަށެވެ. ސަމާލު ހިނގާނެ ވަގުތަކީ ހެނދުނު 10:15 އިން ހަވީރު 04:00 އަށް ކަމުގައި ބުނެފައިވެއެވެ.

މެޓުން ބުނެފައިވަނީ އެ ސަމާލު ހިނގާ ވަގުތު އެ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް