ފެންބޮޑުވެދާނެތީ 9 ނަމްބަރު ފާލަމުން ކޯރެއް ކަނޑައިފި

ވިއްސާރަވެ މާލޭގައި ފެންބޮޑުވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން 09 ނަމްބަރު ފާލަމުން ކޯރެއް ކަނޑައިފިއެވެ . 9 ނަމްބަރ ފާލަމަކީ ޕޯސްޓް އޮފީހާ ކައިރި ސަރަހައްދެވެ. އެ ސަރަހައްދަކީ ބޯކޮށް ވާރޭވެހިއްޖ...

13 Jan 2025 | 19:39

ވިއްސާރަވެ މާލޭގައި ފެންބޮޑުވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން 09 ނަމްބަރު ފާލަމުން ކޯރެއް ކަނޑައިފިއެވެ .

9 ނަމްބަރ ފާލަމަކީ ޕޯސްޓް އޮފީހާ ކައިރި ސަރަހައްދެވެ. އެ ސަރަހައްދަކީ ބޯކޮށް ވާރޭވެހިއްޖެނަމަ ވަރަށް ބޮޑަށް ފެންބޮޑުވާ ސަރަހައްދެކެވެ.

ކޯރެއް ކަނޑާފައިވާއިރު ހޮނިހިރު ދުވަހާއި ހަމައަށް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކޮށްފައިވާތީ ސަލާމަތީ ހިދުމަތްތަކުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެގޮތުން ދުރާލާ ވެލިބަސްތާ ޖެހުމާއި މާލޭގެ ތިން ސަރަހައްދެއްގައި ބެކަޕް ވެލި ބަސްތާތައް ބެހެއްޓުން ހިމެނެއެވެ. އަދި ރަށްރަށުގައިވެސް ތައްޔާރީ ހާލަތުގައި ތިބިކަން ސަލާމަތީ ހިދުމަތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް