ކެފޭއެއްގައި އިން މީހަކު ހަބަރު ހުސްވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
މިރޭ 22:30 ހާއިރު ފުލުހުން ބުނީ މާފަންނު ގައި ހުންނަ ކެފޭއެއްގައި އިން މީހަކު ހަބަރު ހުސްވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދާކަމަށެވެ.
އޭގެފަހުން ފުލުހުން ހޮސްޕިޓަލާ ހަވާލާދީ ބުނީ އެމީހާ ނިޔާވެފައިވާ ކަމަށެވެ. ނިޔާވެފައިވަނީ މާލެ، މ.މޫން ޑްރޮޕްސް،އަހުމަދު ޝަރީފު (58އ) އެވެ.
މި މައްސަލައާއި ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުްން ދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް