ރާއްޖެއާ އިންޑިއާ އާމެދު ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މިއަދު މަޝްވަރާކުރެވުނު: އިންޑިއާ

އިންޑިއާ-މޯލްޑިވްސް ހައިލެވެލް ކޯރ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން މިއަދު މާލޭގައި ބާއްވާފައިވާއިރު، މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެގައުމުން މަޝްވަރާކޮ...

14 Jan 2024 | 15:07

އިންޑިއާ-މޯލްޑިވްސް ހައިލެވެލް ކޯރ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން މިއަދު މާލޭގައި ބާއްވާފައިވާއިރު، މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެގައުމުން މަޝްވަރާކޮށްފައިވާ ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އިން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ރައްޔިތުންނަށް އިންސާނީ އަދި މެޑްވެކްގެ ޚިދުމަތް ފޯރުކޮށްދޭ އިންޑިޔާގެ ވައިގެ ދަތުރުފަތުރުގެ ޕްލެޓްފޯމްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ދެޤައުމުގެ ދެމެދުގައި މަސައްކަތްކުރެވޭނެ ޙައްލެއް ހޯދުމާ ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށެވެ.

ހައިލެވެލް ކޯރ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވުމަށް އިންޑިއާގެ ހާއްސަ ޓީމެއް އިއްޔެ ވަނީ ރާއްޖެ އައިސްފައެވެ. މި ގްރޫޕްގެ ދެން އޮންނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ 15 މާޗުގެ ކުރިން އިންޑިއާ ސިފައިން ބޭލުމަށް ސަރުކާރުގެ ފަރާތުން އެދިފައިވާކަމަށެވެ. ނަމަވެސް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އިން ނެރުނު ބަޔާނުގައި އެކަމާ ގުޅުން ހުރި އެއްވެސް ވާހަކައެއް ހިމަނާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް