އަންނަ މާޗު މަހުގެ 15ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެގައުމަށް ގެންގޮސް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ.
ކެބިނެޓު ބައްދަލުވުމުގެ ނިންމުންތައް ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 11 ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.
12 ވަނަ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު، 15 މާޗުގެ ކުރިން އިންޑިއާ ސިފައިން ބޭލުމަށް ސަރުކާރުގެ ފަރާތުން އެދިފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް އިންޑިއާގެ ހާއްސަ ޓީމެއް އިއްޔެ ވަނީ ރާއްޖެ އައިސްފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް ޑރ މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް