ދިރާސީ އައު އަހަރާއެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ފަށަނީ

މޭ މަހު ފަށާ ދިރާސީ އައު އަހަރާއެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ނިންމާފައިވާކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. ކެބިނެޓު ބައްދަލުވުމުގެ ނިންމުންތައް ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދ...

14 Jan 2024 | 12:57

މޭ މަހު ފަށާ ދިރާސީ އައު އަހަރާއެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ނިންމާފައިވާކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ކެބިނެޓު ބައްދަލުވުމުގެ ނިންމުންތައް ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރުމުގެ ގޮތުން ދިވެހި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި މަންހަޖުގައި ހިމަނައިގެން ކިޔަވައިދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވާފައިވާކަމަށެވެ.

ނާޒިމް ވިދާޅުވީ އެ މަސައްކަތް ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައިވާކަމަށާއި، މިނިސްޓްރީން އެ މަސައްކަތް ކުރާނީ ރައީސް އޮފީހާ މަޝްވަރާކޮށްގެން ކަމަށެވެ.

ދިވެހި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

ރައީސުލްޖުމްހޫރިއްޔާ އޭރު ވިދާޅުވީ ދިވެހި ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމުގެ މަގުސަދަކީ ގައުމާއި މެދު ތުއްތު ކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އުފެއްދުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް