މި ފެށުނީ ރައްޔިތުންނަށް ފެހި ތަނަވަސް މާލެއެއް ހޯދައިދިނުމުގެ މަސައްކަތް: އާޒިމް

މާލެ ރަށްވެހިން، މާލޭގައި ދިރިއުޅޭ ރައްޔިތުން އަދި މާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފެހި ތަނަވަސް މާލެއެއް ހޯދައިނުމުގެ މަސައަތް މި ފެށުނީ ކަމަށް މާލެ ސިޓީ މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވި މޯލްޑިވް...

14 Jan 2024 | 09:47

މާލެ ރަށްވެހިން، މާލޭގައި ދިރިއުޅޭ ރައްޔިތުން އަދި މާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފެހި ތަނަވަސް މާލެއެއް ހޯދައިނުމުގެ މަސައަތް މި ފެށުނީ ކަމަށް މާލެ ސިޓީ މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެނޑިޑޭޓް އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ މޭޔަރު ކަމަށް އާޒިމް އިންތިހާބު ކޮށްދެއްވީތީ ޝުކުރު ދަންނަވާ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ފަރާތެއް ތަފާތު ނުކޮށް މޭޔަރުކަމުގެ ޒިންމާ އަދާކުރައްވާނެ ކަމަށެވެ.

މާލެ ސިޓިގެ މޭޔަރުކަމަށް އާޒިމް އިންތިހާބުވުމާ ގުޅިގެން އެމްޑީޕީ އިން ރޭ ވަނީ އުފާ ފާޅުކުރުމުގެ ހަފްލާއެއް ވެސް ބާއްވާފައެވެ. އެ ހަފްލާގައި ވާހަކަދައްކަވަމުން އާޒިމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހް އަދި އެމްޑީޕީގެ މެމްބަރުން އިތުބާރުކޮށް ޕާޓީގެ ޓިކެޓް ހަވާލުކޮށްދިން ކަމަށް ޝުކުރު އަދާކޮށް، އެމްޑީޕީގެ އެއްވެސް މެމްބަރެއް މާޔުސްވިޔަ ނުދޭނެކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑަކީ ހުންގަ ގޮތުގައި ހުންނަ މީހެއް. އަޅުގަނޑަކީ ކުރާ ކަމެއް ކުރާ މީހެއް. އަޅުގަނޑަކީ ދިން ބަހެއްގައި ހިފަހައްޓާ މީހެއް. އިރާދުކުރެއްވިއްޔާ އަޅުގަނޑު ކުރިއަށްދާނީ އެ ބަހުގެ ހިފަހައްޓައިގެން." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީގެ ކުރިމަގު ވަރަށް އުޖާލާކަމަށެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބަކީ މުހިންމު އިންތިހާބެއް ކަމަށާއި، މާލޭގެ ރައްޔިތުން ބޭނުންވާ ގެދޮރު ހޯއްދެވުމަށް އެމްޑީޕީއަށް ގޮނޑިތައް ކާމިޔާބު ކޮށްދެއްވުމަށް އާޒިމް ވަނީ ރައްޔިތުންގެ ކިބައިން އެދިލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް