ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ހިލޭ

މި ރޯދަ މަހު، ސަރުކާރުގެ ފަރާތުން ކޮންމެ ގޭބިސީއަށް ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ހިލޭ ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޗައިނާއަށް ކުރެއްވި ފުރަމާނަ ދަ...

14 Jan 2024 | 08:45

މި ރޯދަ މަހު، ސަރުކާރުގެ ފަރާތުން ކޮންމެ ގޭބިސީއަށް ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ހިލޭ ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ފުރަތަމަ ފަހަރަށް ދިވެހި ސަރުކާރުގެ ފަރާތުން މި ރޯދަ މަހު ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހިލޭ ދެއްވާނެ ކަމަށެވެ.

އޭގެ އިތުރަށްވެސް ކަންތައްތައް ފަހިކޮށްދެއްވާނެކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރު އެއަށްވުރެ ވެސް އިތުރު ކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަމިއްލަ ފައި މައްޗަށް ތެދުވާނީ ވަކި ބަޔަކަށް ބަރޯސާވުން ނިމުމަކަށް ގެނެސް ކަމަށެވެ. އެގޮތުން އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް، ސީދާ އުފައްދާ ތަނުން، ޔޫރަޕުންނާއި އެމެރިކާއިން ބޭސް އެތެރެކުރާގޮތަށް ބަދަލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ މަސައްކަތް މިހާރު ފެށިފައިވާކަމަށާއި ވަކި ގައުމަކުން ގެންނަ ބޭސް ގެނައުންވެސް އޭރުން ނިމުމަކަށް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް