ބަލިމީހުން އުފުލަން އެއަރ އެމްބިއުލެންސް 1 މާރިޗުގައި އުދުހެން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
އެއަރ އެމްބިއުލެންސްގެ ހިދުމަތް ދޭނީ ހެލިކޮޕްޓަރު ނުވަތަ ޑޯނިއާގައި ނޫންކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެއަރ އެމްބިއުލެންސްގެ ހިދުމަތް ޑޭޝް 8 ގެ މަތިންދާބޯޓަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ރާއްޖޭގެ އެންމެ އުތުރުން ނޫނީ އެންމެ ދެކުނުން މާލެއަށް ކުޑައިރުކޮޅަކުން އާދެވުމުގެ އިތުރަށް ކުއްލިއަކަށް ރާއްޖެއިން ބޭރަށް ތައިލެންޑާ ހަމަޔަށް ގެންދަންވިޔަސް އެ ޑޭޝް 8 ގައި ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ވަސީލަތްތައް އިތުރުކުރުމަށް ސަރުކާރުން ވަނީ މުހިންމު މަސައްކަތްތަކެއް ރާވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް