ދުވަހުގެ މޫސުން: އުތުރާއި މެދުރާއްޖޭގައި ކަނޑު ގަދަ

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު އުތުރާއި މެދުރާއްޖޭގައި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ އެ ސަރަހައްދުތަކުގައި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފ...

14 Jan 2024 | 04:30

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު އުތުރާއި މެދުރާއްޖޭގައި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ އެ ސަރަހައްދުތަކުގައި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް އެހެން ހިސާބުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެއެވެ.

ވައި މާ ގަދަ ނޫންނަމަވެސް އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކުގައި ކަނޑު ގަދަވާނެކަމަށާއި އަދި ދެކުނުގައިވެސް އާދައިގެވަރަކަށް ކަނޑު ގަދަވާނެކަމުގައި މެޓުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް